ޖިންސީ ފުރައްސާގައިގެ މައްސަލަތަކެއްގައި އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކުރަމް ކޮމިޝަނުން ވަކި ކުރުމަށް ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލާގައި މީގެ ކުރިން ކޮމިޓީގައި ކުރެވުނު މަަސައްކަތްތަކާއި، އިންޓަރވިއުތަކުގައި، ދެކެވުނު ވާހަތަކަށްފަހު ކޮމިޝަނުން އަކުރަމް ވަކިކުރުމަށް ތަޅުމަށް ފޮނުވަން މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. އޭނާ މަޤާމުން ވަކި ކުރުމަށް 7 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އަކްރަމް ވަކި ކުރުމަށް ނިންމުމުގެ ކުރިން އޭނާއާއި، ކޮމިޝަންގެ އެހެން މެމްބަރުންނައިވެސް ވަނީ މިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި މިކަމުގައި ކޮމިޝަންގައި އަކްރަމްގެ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ އަންހެން ކުދިންނާއި ސުވާލު ކުރެވިފައިވެސް ވެއެވެ. އަކްރަމްވަނީ އޭނާ ހާޒިރުކޮށް ކޮމިޓީން ދެންނެވި ސުވާލުތަކުގައި ކޮމިޝަންގެ ބައެއް އަންހެން ހުންދިންނާއި ގުޅުން އޮތްކަމަށް އެއްބަސްވެއް ވެފައެވެ.
އަކްރަމަށް ޖިންސީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، މިމައްސަލާގައި އޭނާއާއި ދެކޮޅަށް ގިނަ އަންހެން މުވައްޒިފުންތަކެއް ވަނީ ކޮމިޓީއަށް މައުލޫމާތު ދީފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި އީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި އަކްރަމް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015ގައެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ ރާއްޖޭގައި އިންތިހާބުތައް ބޭއްވުމަށް މުހިންމު ރޯލެއް އަދާކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ އެއް މެމްބަރަކީ ވެސް އަކްރަމެވެ.
ކޮމެންޓު ފޮނުވާ