ނޭޝަންސް ލީގު ގުރޫޕްގެ ފަހު މެޗުގައި ޑެންމާކާ ދެކޮޅަށް ނުކުންނައިރު އެއްފެންވަރެއްގައި މެޗުތަކުގައި ކުޅެން އުނދަގޫކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
މެޗުގެ ކުރިން ވާހަދައްކަމުން މާޓިނޭޒް ބުނީ އެންމެ ފަހުން އިންގްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުން ވަރަށް މޮޅަށް ކުޅުނު ކަމަށާއި އެހެން ނަމަވެސް މެޗުތަކުގައި އެއްފެންވަރަކަށް ކުޅެން ބެލްޖިއަމަށް އުނދަގޫވާކަމަށެވެ. މެޗުން ޕޮއިންޓެއް ހޯދައިގެން ފައިނަލު ބުރަށް ދެވެންއޮތް ނަމަވެސް އޭނާގެ ޓީމުން މަސައްކަތް ކުރާނީ ތިންޕޮއިންޓް ހޯދައިގެން ފައިނަލަށް ދިޔުމަކަށް މާޓިނޭޒް ބުނިއެވެ.
އަހަރެމެންނަށް މެޗުތަކުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ އެއްފެންވަރެއްގަ ނުކުޅެވުން، މެޗުގައި ތިން ފޮއިންޓް ހޯދަން މަސައްކަތް ކުރާނަން.
– މާޓިނޭޒް ބުނެފައިވެއެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން ކެސްޕާ ޖުލްމޭންޑް ބުނީ ގުރޫޕްގެ ފަހުމެޗާ ހަމަޔަށް ފައިނަލު ބުރަށް ދިޔުމަށް އިންތިޒާރު ކުރުމަކީ ޑެންމާކަށް ހާސިލްކުރެވުނު ވަރަށްބޮޑު ކާމިޔާބެއްކަމަށެވެ. ޖުލްމޭންޑް ބުނީ 10 ޕޮއިންޓާއެކު މިފަދަ ގުރޫޕަކުން ފަހުމެޗާ ހަމަޔަށް ދިޔުމަކީ ޓީމަށް ލިބުނު ރަނގަޅު ކުރިއެރުމެއް ކަމަށެވެ. ގުރޫޕްގެ އެހެން ޓީމުތަކުގެ ފެންވަރަށް ބަލާއިރު ޑެންމާކުން ސާބިތުކޮށްދިނީ މި ފެންވަރުގެ ޓީމުތަކާވެސް ވާދަކުރެވޭ ފެންވަރު ހުރިކަމަށް ޑެންމާކުގެ ކޯޗު ވަނީ ބުނެފައެވެ.
އަހަރެންމެން ސާބިތުމިކޮއްދިނީ އަހަރެމެނަންވާނެ ކަން، މިއީ އާދަޔާ ހިލާފު މަސައްކަތެއް.
ޑެންމާކުގެ ކޯޗު ބުނެފައިވެއެވެ.
މުބާރާތުގެ ފައިނަލު ބުރުން ޑެންމާކަށް ފުރުސަތު ލިބިގެންދާނީ މިރޭގެ މެޗު ކާމިޔާބުކޮށްގެންނެވެ.