ރައީސްގެ ގަރާރު އޮތްގޮތަށް އޮއްވާ، އިންޑިއާ އައުޓު ހަރަކާތަށް ދެން ނުނިކުންނާނަން: ޔާމިން

ރައީސްގެ ގަރާރު އޮތްގޮތަށް އޮއްވާ، އިންޑިއާ އައުޓު ހަރަކާތަށް ދެން ނުނިކުންނާނަން: ޔާމިން

ޕީޕީއެމްއިން ފާއިތުވި ދެ އަހަރު ކުރިޔަށް ގެންގޮސްފައިވާ އިންޑިއާ އައުޓު ހަރަކާތް ހުއްޓުމަކަށް އައީ، އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު ނެރުއްވި ރިޔާސީ ގަރާރާއި ގުޅިގެން ކަމަށާއި، އަދި އެ ގަރާރު އެގޮތުގައި އޮއްވާ ދެން އިންޑިއާ އައުޓު ހަރަކާތަށް އަމިއްލަފުޅަށް ނިކުންނަވަން ބޭނުންފުޅު ނުވާކަމުގައި ޕީޕީއެމްގެ ރައީސް ޔާމިން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ރޭ ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައި ޔާމިން ވިދާޅުވީ، އިންޑިއާ އައުޓު ހަރަކާތް ހުއްޓުވަން ނެރެފައިވަނީ ގާނޫނާއި ޚިލާފް ގަރާރެއް ކަމަށާއި، އެހެންނަމަވެސް އެ ގަރާރަކީ ގާނޫނާއި ޚިލާފް ގަރާރަކަށް ވިނަމަވެސް، ޕާޓީން ރިޔާސީ ޓިކެޓް ލިބެފަ ހުރި މީހަކު، ގާނޫނާ ޚިލާފަށް މަސައްކަތް ކުރަން ނިކުތުމަކީ ހަމަޖެހޭ ކަމަށް ނުވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާފަހުރި މީހަކު، އަދި އަޅުގަޑުމެންގެ ޕާޓީން ރިޔާސީ ޓިކެޓް ލިބިފަ ހުރި މީހަކު ކަނޑައެޅިގެން އެކަހަލަ ގަރާރެއް، އަދި އެއީ ގާނޫނާ ޚިލާފް ރަރާރެއް ނަމަވެސް، އަޅުގަޑުމެން ގަބޫލުކުރާ ގޮތުގަ ގާނޫނާ ޚިލާފް ވިނަމަވެސް، އެއާއި ދެކޮޅަށް މަސައްކަތް ކުރަން، ގާނޫނާއި ޚިލާފަށް މަސައްކަތް ކުރަން ނުކުތުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އަޅުގަޑު އެކަމުގަ ނޫޅެނީ.

އިންޑިއާ އައުޓު ހަރާކާތުގައި މިހާރު އަމިއްލަފުޅަށް ނޫޅުއްވާ ސަބަބުން ހާމަ ކޮށްދެއްވަމުން ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

މި އިންޓަވިއުގައި ޔާމިން ވިދާޅުވެފައިވަނީ، މި ސަރުކާރުން ހުރިހާކަމެއްވެސް ކުރަމުންދަނީ ރައްޔިތުންނާއި ގާނޫނުތަކަށް ގޮންޖަހާފައި ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޢުލަބިއްޔަތެއް ސަރުކާރަށް އޮތުމުން، އެމަޖިލިހުން ރައީސުލްޖުމްހޫރިއްޔާއާއި ސުވާލު ނުކުރެވޭނެތީ، ގާނުނީ ހަމަތަކުގެ ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރެވޭނެ މަގެއް ނެތްކަމުގައެވެ. އެހެންނަމަވެސް ރައީސް ސާލިހު ހުންނެވީ ގާނޫނު އަސާސީއާއި ގާނޫނުގެ އެތައް މާއްދާތަކާއި ޚިލާފްވެ ވަޑައިގެންފައި ކަމުގައި ވިދާޅުވަމުން ޔާމިން ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ރައީސް ސާލިހު އަޒުލްކުރުމުގެ ބާރެއް ރައްޔިތުންގެ ކިބައިގައި ނެތްކަމަށެވެ.

ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ޚިލާފް ގަރާރެއް ނެރުއްވުމުން އެމައްސަލަ ކޯޓުތަކުގައިވެސް ހިގާނޭ ގޮތެއް ނެތްކަމަށާއި، އެހެންނަމަވެސް ރައްޔިޔުން މަސްލަހަތު ހިމެނޭ، ބޮޑެތި ރުކުންތައް ހިމެނޭ ކަންކަން ކޯޓުތަކުގައި އަވަހަށް ނިމެންޖެހޭ ކަމުގައެވެ.

ޔާމިން އިތުރަށް ވިދާޅުވެފައިވަނީ، އިންޑިއާ އައުޓު ހަރކާތާއި ދެކޮޅަށް ރައީސް ސާލިހު ނެރުއްވާފައިވާ ގަރާރަކީ ގާނޫނު އަސާސީއާއި ޚިލާފް ގަރާރަކަށްވި ނަމަވެސް، އެގާރާރު އެގޮތަށް އޮތްހާ ހިދަކު ގަރާރު ތަންފީޒުކުރުމަށް ބާރުގެ ބޭނުންކުރުމަށް ފުލުހުންނަށް މަޖުބުރުވާނެ ކަމަށާއި، އެހެންކަމުން އިތުރު ހަމަނުޖެހުމަކަށް، ގޮސް ޕާޓީގެ އާއްމު މެމްބަރުންނަށް ގެއްލުން ލިބެމުންދާން ބޭނުންފުޅު ނުވާކަމުގައެވެ.

އެއީ ގާނޫނާއި ހިލާފު ގަރާރެއްވިއަސް، ރައީސުލްޖުމްހުރިއްޔާގެ ގަރާރެއް އޮތްކަމުގައި ވަންޏާ ފުލުހުން ތަންފީޒް ކުރާނެ. އެހެންވީމަ މިހާރު މުޒާހަރާއެއް ކުރަން ނޫނީ ރައްޔިތުން އަޑުއުފުލަން ނިކުތީމަވެސް ފުލުހުން ރައްޔިތުންނާއި ދޭތެރޭ ކަންކަން ކުރާ ގޮތް އަޅުގަނޑުމެންނަށް ފެނިގެންދޭ. އަނިޔާވެރި ހާލަތާއި ނުބައްދަލު ފޯސް ބޭނުންކުރޭ.

މި ޕްރޮގްރާމްގައި ޔާމިން ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތައް ދެން ނުނިކުންނެވި ނަމަވެސް، ރައްޔިތުންނާއި ބައްދަލު ކުރުމަށް ރަށްރަށް ދަތުރުކޮށް ހައްދަވާނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާރުގެ ފަހުން ފުލުހުން ދަނީ އިންޑިއާ އައުޓް ނަމުގައި ހިންގާ ހުރިހާ ހަރަކާތެއް ހުއްޓުވަމުންނެވެ. އަދި މި ޝިއާރުގެ ބޭނުންކޮށްގެން ބެނާ ދެމުންވެސް ފުލުހުންވަނީ މަނާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މީ ކޮންކަހަލަ ހޮޅި ވާހަކަކައެއް ދައްކާމީހެއް؟
    ގަރާރަކީ ގާނޫނާ ޚިލާފު ގަރާރެކޯ
    ޢެކަމަކު ދެން އެބުނީ ގަރާރު އޮއްވާ ގާނޫނާޚިލާފު ކަމެއް ކުރާކަށް ނުނިކުންނާނަމޯ
    އެހެންވީމަ އެބައެނގޭ ގަރާރަކީ ގާނޫނާޚިލާފު ގަރާރެއް ނޫންކަން
    ތިކަހަލަ ހޮޅިވާހަކަ ތިދައްކަނީ

Leave a Reply

Your email address will not be published. Required fields are marked *