ގުރޫޕްގެ ފަހުމެޗުންވެސް ފްރާންސަށް މޮޅެއް

ގުރޫޕްގެ ފަހުމެޗުންވެސް ފްރާންސަށް މޮޅެއް

Author
އިބްރާހީމް ސާޢިދު
18 ނޮވެމްބަރ 2020 08:41
0

ނޭޝަންސް ލީގުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ގުރޫޕްގެ ފަހުމެޗުގައި މޮޅެއް ހޯދައިފިއެވެ.

ފްރާންސްގެ ދަނޑުގައި ފްރާންސާއި ސްވިޑަން ބައްދަލުކުރި މެޗު 2-4 ލަނޑުން ކާމިޔާބުކުރީ ފްރާންސްއެވެ.

މެޗުގައި ފުރަތަމަ ލީޑުނެގީ ސްވިޑަންއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަރ ކްލެސޮންއެވެ. ފްރާންސް އިން ނަތީޖާ ހަމަހަމަކުރި ލަނޑު އޭގެ ބާރަ މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އޮލިވިއަރ ޖިރޫޑްއެވެ. ފްރާންސްއިން ޖެހި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބެންޖަމިން ޕަވާޑެވެ.

ފްރާންސްއިން ލީޑުފުޅާކުރި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ފޯވާޑް ޖިރޫޑެވެ. ސްވިޑިންގެ ދެވަނަލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބިން ކުއެއިސަން އެވެ. ފްރާންސްގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ފަހުވަގުތުކޮޅުގައި ކިންގްސްލީ ކޯމާންއެވެ.

މެޗަށް ނުކުތް އިރުވެސް ފްރާންސްވަނީ ފައިނަލު ބުރުން ޖާގަ ހޯދާފައެވެ. ފައިނަލު ބުރު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.