ކޯވިޑް-19: އަދަދުތައް މަދެއްނުވޭ، އިތުރު 41 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އަދަދުތައް މަދެއްނުވޭ، އިތުރު 41 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 10:00
0

ރާއްޖެއިން އިތުރު 41 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 35 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 6 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 41 މީހުންގެ ތެރެއިން 30 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 11 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،355 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 72 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،388 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 45 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 37 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ހޮސްޕިޓަލުގައި މިވަގުތު 63 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 915 އެވެ. އައިސޮލޭޝަންގައި 317 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.