ނޭމާގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

ނޭމާގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

Author
މުޙައްމަދު ޝަޒައިމް
14 އޮގަސްޓް 2022 12:30
0

ބްރެޒިލްގެ ފޯވާޑް ނޭމާގެ ދެ ލަނޑާ އެކު ޕީއެސްޖީ އިން ފްރާންސް ލީގުގައި މޮންޓްޕެލިއާ ބަލިކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ 39 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ލިބުނީ މޮންޕެލިއޭގެ ފަލާޔޭ ސާކޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއަކުން، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ނޭމާއެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު، ނޭމާ ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. ޕީއެސްޖީ އަށް ދެން ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި މި ސީޒަންގައި އެ ޓީމާ ގުޅުނު ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒްއެވެ. މެޗުގެ ދެ ވަނަ ހާފުގައި މޮންޕެލިއޭ އަށް ލަނޑު ޖަހައިދިނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ވަހްބީ ކަޒްރީ އާއި އެންޒޯ ޗާޓޯއެވެ.

މި މެޗަކީ މިދިޔަ ސީޒަންގެ ފަހު ދުވަހު ޕީއެސްޖީގައި މަޑުކުރާނެކަން އެމްބާޕޭ އިއުލާންކުރި ފަހުން، އޭނާ ވާދަވެރި މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މި ސީޒަންގައި ޕީއެސްޖީ ކުޅުނު ފުރަތަމަ ދެ މެޗުގައި އެމްބާޕޭ ނުކުޅެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.