ލުކާކޫގެ ދެލަނޑުން ބެލްޖިއަމް ފައިނަލުބުރަށް

ލުކާކޫގެ ދެލަނޑުން ބެލްޖިއަމް ފައިނަލުބުރަށް

ގުޅުންހުރި

ނޭޝަންސް ލީގު ފުޓްބޯޅަމުބާރާތާގުއި ދުނިޔޭގެ ރޭންކިން އެއްވަނައިގަވާ ބެލްޖިއަމް އިން ފައިނަލު ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ބެލްޖިއަމް ފައިނަލުބުރުން ޖާގަކަށަވަރު ކުރީ އެޓީމު ހިމެނޭ ގުރޫޕްގެ ފަހު މެޗު ޑެންމާކުގެ މައްޗަށް ކުރިހޯދައިގެންނެވެ. ބެލްޖިއަމްގައި ކުޅުނު މެޗު ޑެންމާކުގެ މައްޗަށް ކުރި ހޯދީ 4-2 ލަނޑުންނެވެ. މެޗުގައި ބެލްޖިއަމްގެ ރޯމަލޫ ލުކާކޫ ދެލަނޑު ޖެހިއިރު އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ޔޫރީ ޓައިލެމަންސް އާއި ކެވިން ދި ބުރޭނާއެވެ. މެޗުގައި ޑެންމާކުން ލަނޑުޖެހީ ޖޮނަސް ވިންޑްއެވެ. ޑެންމާކުންޖެހި ފަހު ލަނޑަކީ ބެލްޖިއަމްގެ ކީޕަރު ތިބޮޓް ކޯޓުއަރ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ.

ރޭގައި މެޗުގައި ލުކާކު ޖެހި ދެލަނޑާއެކު އޭނާ ވަނީ އެންމެފަހުން ބެލްޖިއަމް ކުޅުނު 14 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފައިނަލުބުރުން ބެލްޖިއަމް ޖާގަކަށަވަރުކުރީ ގުރޫޕްގައި އެއްވަނައިގައި 15 ޕޮއިންޓް ހޯދައިގެންނެވެ. ދެންގުރޫޕްގައި ހިމެނޭ ޑެންމާކް އާއި އިންގްލަންޑްއަށް ލިބުނީ 10  ޕޮއިންޓެކެވެ. ގުރޫޕުން ޕޮއިންޓެއް ނުލިބި ލީގް ބީ އަށް ރެލިގޭޓްވީ އައިސްލޭންޑްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ