ހިޔާގެ ފުރަތަމަ މެނޭޖްމަންޓް އޮފީހުން ޚިދުމަތް ދޭން ފަށައިފި

ހިޔާގެ ފުރަތަމަ މެނޭޖްމަންޓް އޮފީހުން ޚިދުމަތް ދޭން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
02 އޮގަސްޓް 2022 11:01
0

ހިޔާ ސަރަޙައްދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖްމެންޓް އޮފީހެއް ޤާއިމުކޮށް އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ހިޔާ ސަރަޙައްދުގައި ޤާއިމުކުރި އެޗް.ޑީ.ސީގެ ފުރަތަމަ އޮފީހެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއް ވެފަވާއިރު، އެތަނަށް ބޭނުންވާ އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް އެޗް.ޑީ.ސީ.ސީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާ ސަރަޙައްދުގެ ފުރަތަމަ މެނޭޖްމަންޓް އޮފީސް ހަދާފައިވަނީ ހިޔާ 11 ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައެވެ. މިއީ ހިޔާ ފްލެޓްތަކާ ގުޅުންހުރި އިދާރީ ޚިދުމަތްތައް، ހިޔާގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކުރި އޮފީހެކެވެ. އޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 14:00 އާއި ހަމައަށެވެ.

މި އޮފީހުން ހިޔާ ފްލެޓްތަކާއި ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ސާފުކުރުމާއި، އެޗް.ޑީ.ސީގެ ޚިދުމަތްތައް އަދި ފްލެޓަށް ކުލި ދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އެޗް.ޑީ.ސީން ވިދާޅުވީ، މެނޭޖްމަންޓް އޮފީހުން، ހިޔާގެ ކުލި ބަލައިގަންނަނީ ކާޑު މެދުވެރިކޮށްކަމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔަކީ 8500 ރުފިޔާއެވެ. މީގެތެރޭގައި މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު ނަގަމުން އަންނަ 1000 ރުފިޔާ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝިޔާމާ
ފެން ވެއްދުން ހައްލު ނުކޮށް މެއިންޓަނަންސް ފައިސާ ނުނެގޭނެ
ޢ ޢާންތު
ފެންވަނުން ހައްލު ވަންދެން ކުލިން -/1000ރ ކަނޑާލަ ދެއްވާ