ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުންގުޅުންހިންގި މީހުން އެކަހެރިކުރުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ގޮވާލައްވައިފިއެވެ. ނިހާދު މިކަމަށް ގޮވާލެއްވީ އެއްޖިންސުން ގުޅުންހިންގާ ފިރިހެނުންގެ މެދުގައި މަކުނުވިދުރި ދުނިޔޭގައި އާންމުވަމުން އަންނާތީ އެކަމަށް އިޝާރާތްކުރައްވައެވެ.
ނިހާދު ވިދާޅުވީ އަލަމްގިރިއާއެކު ގުޅުންހިންގި މީހުން އެކަހެރިކުރަން ޖެހެނީ އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައެވެ.
އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތަކުން އެނގެނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރިއާއެކު ދިވެހި 200އަށް ވުރެ ގިނަ މީހުން ގުޅުން ހިންގާފައިވާކަމެވެ.
އޭގެ ތެރެއިން ބައެއްމީހުންގެ ވީޑިއޯއާއި ފޮޓޯ ވަނީ އާންމުވެފައެވެ. އަލަމްގިރިއާއެކު ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ހިމެނެއެވެ. އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)ވެސް އަލަމްގިރި އުޅޭ ކޮޓަރިއަށް ގޮސްފައިވާ ވީޑިއޯ ދައުރުވެއެވެ. ނަމަވެސް ކާނަލް ނަޝީދު ވަނީ އޭނާ އެ ކޮޓަރިއަށް ގެންދިޔައީ ވިޔަފާރީގެ މީޓިންއަކަށް ބުނެކަމަށެވެ.
އަލަމްގިރިއާއި އެކުނޫނަސް، އެއްޖިންސުން ގުޅުން ހިންގި އެހެން ވީޑިއޯއާއި ފޮޓޯ އާންމުވެފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަންދުން ޙުސައިން) އިތުރު ބަޔަކާއެކު ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް އާންމުވެފައިވެއެވެ. އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ.
މިއަހަރުގެ ކުރީ ކޮޅުން ފެށިގެން ދުނިޔޭގެ ބައެއް ގައުމުތަކުން ފެންނާން ފަށާފައިވާ މަކުނު ވިދުރީގެ ނުރައްކާ ބޮޑުވެ، ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވާ މިންވަރަށް މި ބަލި މިހާރުވަނީ ގައުމުތަކުން ފެންނާން ފަށާފައެވެ.
ކޮމެންޓު ފޮނުވާ