އެއްނަންބަރު ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން އެކަޑަމީއެއް ހުޅުވައިފި

އެއްނަންބަރު ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން އެކަޑަމީއެއް ހުޅުވައިފި

ގުޅުންހުރި

ރާއްޖޭގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާންގެ ބެޑްމިންޓަން އެކެޑެމީ އެއް ހުޅުވައިފިއެވެ.

"އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ" ނަމުގައި ހުޅުވި އެކެޑެމީއަކީ އުމުރުން ހަގު ކުޅުންތެރިންނަށް އަމާޒުކޮށްގެން އެކެޑެމީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ފެށި އެކަޑަމީއެއްކަމަށް އަޖްފާން މައުލޫމާތުދެއެވެ.

އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަ ކުރުމަށް އެކެޑެމީގެ ދަށުން ކުލަބެއް އުފައްދާނެ ކަމަށް އަޖުފާން ވަނީ ބުނެފައެވެ. އޭނާ ބުނީ އެ ކުލަބު އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަ ކުރާނެ ކަމަށާއި ޒުވާން ކުޅުންތެރިންނަށް އެ ފުރުސަތު ކުލަބު މެދުވެރިކޮށް ފަހި ކޮށްދޭނެ ކަމަށެވެ. އެކެޑެމީން ތަމްރީން ހަދާ ބޮޑެތި މީހުންނަށް އިންޓަނޭޝަނަލް ވެޓަރަންސް މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށް އަޖުފާން މައުލޫމާތުދެއެވެ.

އެކެޑެމީ ހުޅުވުމާއެކު އަތޮޅުތަކުގައި ވެސް އެކި ޕްރޮގްރާމްތައްް ރާވާ ހިންގާނެކަމަށް އެ އެކަޑަމީން ވަނީ ބުނެފައެވެ. އަޖުފާން ވަނީ ގައުމީ ޗެމްޕިއަންކަން ނުވަފަހަރު ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *