އަލަމްގީރްގެ ބަންދަށް 15 ދުވަސް

އަލަމްގީރްގެ ބަންދަށް 15 ދުވަސް

Author
މުޙައްމަދު ޖިމީ
18 ޖުލައި 2022 07:41
0

އެއްޖިންސުން ގުޅުންހިންގާ ބަޔަކު ބަލެކްމެއިލްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އަލަމްގީރްގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހައިފިއެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި އާންމު ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ އެންމެފަހުން އެ އަމަލު ހިންގި މަންޒަރު ރެކޯޑުކުރި ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް ފުލުހުން ހައްޔަރުކުރީ މިމަހުގެ 12ގައެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ އެެއްޖިއްސުން ގުޅުން ހިންގި މައްސަލައާއި އެމްޑީ އަލަމްގީރާއި، ނާޒިމް އަބްދުއްސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ފުރުން މަނާކޮށް ޕަސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އެއްޖިއްސުން ހިންގި ވީޑިއޯތަކުގައި ފުރަތަމަ އާންމުވީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ކަމަށް ބުނާ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. އެ މީހުން ޖިންސީ ގުޅުން ހިންގި ކޮޓަރިއަށް ކާނަލް ނަޝީދު ވަންނަ ފޮޓޯތަކެއް އޭގެ ފަހުން އާންމުވިއެވެ. އެއީ ނަޝީދު ކަމަށް އެއްބަސްވިއެވެ. އަދި ބަރަހަނާވެފައި ނުވާނެ ކަމަށާ ޖިންސީ ގުޅުން ހިންގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ފަހުން ވަނީ ނަޝީދުގެ ވީޑިއޯތަކެއްވެސް އާންމުކޮށްފައެވެ. މިވީޑިއޯތަކުގެ އިތުރުން ރާއްޖެޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ ނަސީރު ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ވީޑިއޯތައް އާންމު ކުރަމުންދާ މީހުން މީގެ އެތައް ދުވަހެއް ކުރީން ފެށިގެން ބްލެކް މެއިލް ކުރުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނި ގޮތުގައި ވީޑިއޯތައް އާންމު ކުރަމުންދާ ބައެއް މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ.

މިއަދު އަލަމްގީރް ހައްޔަރުކޮށްފައިވަނީ ގިނަ ބައެއް މިމައްސަލާގައި ސަރުކާރަށް ފާޑު ކިޔަމުން ދަނިކޮށެވެ. ޚާއްސަކޮށް މިކަމުގައި ސަރުކާރާއި ގުޅުންހުރި ނުފޫޒުގަދަ ފަރާތްތަކުގެ މައްސަލަ ނުބަލައި މަތިޖަހަން އުޅޭކަމަށް ގިނަ ބަޔަކު ބުނަމުންދަ ދަނޑިވަޅެއްގައެވެ. އަލަމްގީރް ހައްޔަރުކޮށްފައިވަނީ މިކަން ހިނގައިގެން އުޅޭތާ ގާތްގަނޑަކަށް މަސް ދުވަސް ފަހުންނެވެ.

އަލަމްގީރް ހައްޔަރުކުރުމުގެ އަމުރުގައި ފުލުހުން ބަޔާންކޮށްފައިވާގޮތުގައި އަލަމްގީރް ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ގިނަ ޢަދަދެއްގެ ފައިސާ ހޯދަން ޑިމާންޑުކުރުމުގެ ތުހުމަތުގައެވެ. އެ އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާއި ހައިޕްރޮފައިލް އެކި ފަރާތްތައް ހިމެނޭހެން ބައެއްގެ އެއްޖިންސުން ގުޅުންހިންގާ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހުރިކަމަށް ބުނެ، އެ ފަރާތްތަކުގެ އަތުން ބޯޑެތި ޢަދަދުތަކުން ފައިސާ ހޯދުމަށް ޑިމާންޑުކޮށް، ފައިސާ ނުދީފިނަމަ ފޮޓޯއާއި ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ، އިންޒާރުދީ ބްލެކްމެއިލްކޮށް އަދިއެ ފަރާތްތަކިުގެ ފޮޓޯއާއި ވީޑިއޯ ސިޔާސީ އެކި ފަރާތްތަކަށް ވިއްކައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވޭތީކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.