މަޝަރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

މަޝަރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ގުޅުންހުރި

އާޖެންޓީނާގެ ކުރީގެ މަޝްހޫރު ޑިފެންޑަރު ހަވިޔާ މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލިފިއެވެ.

މަޝެރާނޯ އެންމެ ބޮޑަށް މަޝްހޫރު ވެގެން ގޮސްފައިވަނީ އިނގިރޭސި ކުލަބު ލިވަޕޫލް އާއި ސްޕެއިންގެ ބާސެލޯނާގައެވެ. އޭގެކުރިން އޭނާ ވާނީ އިގިރޭސިވިލާތުގެ ވެސްޓްހަމް ޔުނައިޓެޑަށްވެސް ކުޅެފައެވެ. މަޝެރާނޯ ބާސާ ދޫކޮށްލީ 2018 ވަނަ އަހަރުގައެވެ. އެއީ އޭނާ ބާސާއާއި ގުޅުނުތާ 7 އަހަރުދުވަސް ފަހުންނެވެ. މަޝެރާނޯ ބާސާ ދޫކުރުމަށްފަހު ގުޅުނީ ޗައިނާ ސުޕަ ލީގްގެ ޓީމަކާއި އެވެ. ބާސާލޯނާގައި މަޝެރާނޯ ވަނީ 202 މެޗު ކުޅެފައެވެ. އޭނާވަނީ ބާސާގައި އޭނާ ހޭދަކުރި 7 އަހަރުގައި 17 ތަށި އެ ޓީމާއެކު ކާމިޔާބު ކޮށްފައެވެ.

މަޝެރާނޯއަކީ 2004 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮލިމްޕް ގޭމްސް އާޖެންޓީނާއިން ކާމިޔާބުކުރިއިރު އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 145 މެޗު ކުޅެފައެވެ. އޭނާ ވަނީ މުޅިކެރިއަރުގައި 21 ތައްޓެއް ކާމިޔާބުކޮށްފައެވެ. ކުޅުން ހުއްޓާލިއިރު އޭނާ ކުޅެމުންދިޔައީ އެގައުމުގެ ފުރަަތަމަ ޑިވިޝަނުގެ ކުލަބަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *