ގިނަ ޢަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އަލަމްގިރި ހައްޔަރުކުރީ އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ނޫންކަން ހާމަވެއްޖެއެވެ.
އަލަމްގިރި ހައްޔަރުކުރުމުގެ އަމުރުގައި ފުލުހުން ބަޔާންކޮށްފައިވާގޮތުގައި އަލަމްގިރި ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ގިނަ ޢަދަދެއްގެ ފައިސާ ހޯދަން ޑިމާންޑުކުރުމުގެ ތުހުމަތުގައެވެ. އެ އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާއި ހައިޕްރޮފައިލް އެކި ފަރާތްތައް ހިމެނޭހެން ބައެއްގެ އެއްޖިންސުން ގުޅުންހިންގާ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހުރިކަމަށް ބުނެ، އެ ފަރާތްތަކުގެ އަތުން ބޯޑެތި ޢަދަދުތަކުން ފައިސާ ހޯދުމަށް ޑިމާންޑުކޮށް، ފައިސާ ނުދީފިނަމަ ފޮޓޯއާއި ވީޑިއޯ ލީކުކޮށްލާނެކަމަށް ބުނެ، އިންޒާރުދީ ބްލެކްމެއިލްކޮށް އަދިއ ެފަރާތްތަކިުގެ ފޮޓޯއާއި ވީޑިއޯ ސިޔާސީ އެކި ފަރާތްތަކަށް ވިއްކައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވޭތީކަމަށެވެ.

އަލަމްގިރީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުން އޭނާގެ ބަންދަށް 5 ދުވަސް ކޯޓުން އިތުރުކޮށްދފައިވެއެވެ.
އަލަމްގިރި މިވަގުތު ބަންދުކޮށްފައިހުރީ ދޫނިދޫ ކަސްޓޯޑިއަލްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12ގައެވެ.
ލުހުން ތަހުގީގު ކުރަމުންދާ އެެއްޖިއްސުން ގުޅުން ހިންގި މައްސަލައާއި އެމްޑީޕީ އަލަމްގިރިއާއި، ނާޒިމް އަބްދުއްސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ފުރުން މަނާކޮށް ޕަސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
އެއްޖިއްސުން ހިންގި ވީޑިއޯތަކުގައި ފުރަތަމަ އާންމުވީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ކަމަށް ބުނާ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. އެ މީހުން ޖިންސީ ގުޅުން ހިންގި ކޮޓަރިއަށް ކާނަލް ނަޝީދު ވަންނަ ފޮޓޯތަކެއް އޭގެ ފަހުން އާންމުވިއެވެ. އެއީ ނަޝީދު ކަމަށް އެއްބަސްވިއެވެ. އަދި ބަރަހަނާވެފައި ނުވާނެ ކަމަށާ ޖިންސީ ގުޅުން ހިންގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ފަހުން ވަނީ ނަޝީދުގެ ވީޑިއޯތަކެއްވެސް އާންމުކޮށްފައެވެ. މިވީޑިއޯތަކުގެ އިތުރުން ރާއްޖެޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ ނަސީރު ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
ވީޑިއޯތައް އާންމު ކުރަމުންދާ މީހުން މީގެ އެތައް ދުވަހެއް ކުރީން ފެށިގެން ބްލެކް މެއިލް ކުރުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނި ގޮތުގައި ވީޑިއޯތައް އާންމު ކުރަމުންދާ ބައެއް މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ.
ކޮމެންޓު ފޮނުވާ