ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ

ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ

Author
މުޙައްމަދު ޝަޒައިމް
06 ޖުލައި 2022 04:56
0

އަޟްޙާ ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ވަކިވަގުތެއްގައި ހަމައެކަނި މާލޭގައި ދުއްވާއެއްޗެހި ނުދުއްވާ އެވަގުތު ތަކުގައި ފައިމަގުގައި އުޅޭގޮތަށް މާލެ ކައުންސިލުން ނިންމައިފިއެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ނިންމާފައިވަނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. އެހެން ނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ފާސްވެފައެވެ.

ޢީދު ދުވަހުގެ ވަކިވަގުތުތަކެއް ފައިމަގުގައި އުޅުމަށް ޚާއްސަކުރުމުގެގޮތުން މިދިޔަ ފިޠުރު ޢީދުގައިވެސް މާލެ ސިޓީ ކައުންސިލުންވަނީ ދުއްވާއެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅާފައެވެ. މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިހަފްތާގެ ހޮނިހިރު ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.