މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަނީ

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2022 01:01
0

މާލޭގެ ބައެއް ސަރަހައްދު ތަކުގައި ސަލާމަތީ ބާރުތަކުން ހަތިޔާރާއިއެކު ހަރަކާތްތެރިވާން ފަށައިފިއެވެ.

ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާ ސަރަހައްދު ތަކުގެ ތެރޭގައި، ގްރީން ޒޯން ހިމެނޭ ޖަލްސްޓިސް ބިލްޑިން ސަރަހައްދާއި، ކުރީގެ ރައީސް ޔާމީން ދިރިއުޅުއްވާ ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދުވެސް ހިމެނެއެވެ. މި އޮޕްރޭޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސިފައިން ހާމަކޮށްފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރީން ޒޯންގައި ސިފައިން ހަރަކާތްތެރިވަނީ އެސަރަހައްދުގައި ގޮވާ އެއްޗެއްކަމަށް ބެލެވޭ އެއްޗެއް އޮވެގެންނެވެ.

އެ ދެ ތަނުގައި ވެސް ސިފައިންގެ ބޮން ނައްތާލާ ޔުނިޓުގެ އެމްއެންޑީއެފް އޮފިސަރުން ހަރަކާތްތެރިވިއެވެ. ބޮން ނައްތާލުމުގައި ބޭނުންކުރާ ބައެއް އާލާތްތައް ވެސް ސިފައިން ބޭނުންކުރިއެވެ. އަދި ސިފައިން ބަޑި ހިފައިގެން ދިޔައީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ނުވަނީސް، އެމްއެންޑީއެފް އިން ވަނީ ބޮން ނައްތާލުމަށް ބޭނުން ކުރާ ސާމާނުތައް އެ ތަނުން ގެންގޮސްފައެވެ. އަދި ޖަސްޓިސް ބިލްޑިން އާއި ޗައިނާ އެމްބަސީ ކައިރީގައި ހިންގި އޮޕަރޭޝަން ނިންމާލައި އެ ދެ ސަރަހައްދު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.