ދޮންކެޔޮ: ކޮންމެ ދުވަހަކުވެސް ކާން މުހިންމު މޭވާއެއް!

ދޮންކެޔޮ: ކޮންމެ ދުވަހަކުވެސް ކާން މުހިންމު މޭވާއެއް!

Author
ޢަލީ އާދަމް
04 ޖުލައި 2022 09:09
0

ދޮންކޭލަކީ އޭގައި ހަށިގަނޑަށް ވަރަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ މޭވާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކުވެސް ކެއުމުގެ ތެރޭ ދޮންކެޔޮ ހިމެނުމުން  ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ.

ކޭލަކީ އޭގައި ޕޮޓޭޝިއަމާއި، މެގްނީޒިއަމާއި، މެންގަނީޒްގެ އިތުރުން، ވިޓަމިން ބީ6 އަދި ވިޓަމިން ސީ ފަދަ ނިއުޓްރިއެންޓްސް އެކުލެވޭ މޭވާ އެކެވެ. މީގެ އިތުރުން ފައިބަރުގެ މާއްދާ ވެސް ގިނައިން މިންވަރަކަށް ކޭލުގައި އެކުލެވިގެން ވެއެވެ.

ކޭލުގައި ހިމެނޭ ޕޮޓޭޝިއަމް މާއްދާ އަކީ ކިޑްނީއަށް ނުހަނު ފައިދާ ހުރި މާއްދާއެކެވެ. ޕޮޓޭޝިއަމްގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު އެއްމިނެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރު ވުމަށް ވެސް ދޮންކެޔޮ އެހީތެރިވެދެއެވެ.

ކޭލަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ވަރަށް ރަނަގަޅު މޭވާއެކެވެ. އެގޮތުން ކުޑަ ލޮނު ކޮޅަކާ އެކު ކެޔޮ ރޯކެޔޮ ކައްކައިގެން ބޭނުންކުރުމަކީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ކޭލަކީ އޭގައި ވަރަށް ގިނަ ޑައެޓްރީ ފައިބަރު އެކުލެވޭ މޭވާއެެކެވެ. މީގައި އެކުލެވޭ ޑައެޓްރީ ފައިބަރުގެ ސަބަބުން ވަރަށް ގިނަ އިރު ވަންދެން ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސް ކުރުވައިދެއެވެ. އޭގެ ސަބަބުން ބަރުދަން އިތުރުވުން ހުއްޓުވައިދީ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

ވަރަށް ގިނަ މީހުން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންކުރާ މޭވާގެތެރޭ ދޮންކެޔޮ ހިމަނައެވެ. އަދި ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ މީހުން ވެސް އެމީހުންގެ ޑައެޓުގައި މިބާވަތް ބޭނުން ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.