އައި.ޖީ.އެމް.އެޗްގައި ހިތާނީ މޫސުމަށް ހިތާނުކުރަން ފަށައިފި

އައި.ޖީ.އެމް.އެޗްގައި ހިތާނީ މޫސުމަށް ހިތާނުކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 03:33
0

އައި.ޖީ.އެމް.އެޗްގައި ހިތާނީ މޫސުމަށް ހިތާނުކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗުން ކޮންމެ އަހަރަކުވެސް މި ދުވަސްކޮޅުގައި ބާއްވަމުންދާ ހިތާނީ ކޭންޕް މިފަހަރު ފަށާފައިވަނީ ކޯވިޑް19 އާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑް ލައިނާއި އެއްގޮތަށެވެ.

އެޗްޕީއޭއިން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ކުދިން ހިތާނުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުޞޫލެއް އެކުލަވާލައި އާންމުކުރައްވާފައެވެ. މި އުސޫލުގައި ވަނީ ކޯވިޑް-19ގެ ޓްރާންސްމިޝަން ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތްތަނެއްގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އަންގާފައެވެ.

މި އުޞޫލްގައި ވާގޮތުން ޚިތާނުކުރާ ކުދިން އަމިއްލަ ގޭގައި ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުމާއި 1 ކުއްޖަކަށްވުރެ ގިނަ ކުދިން ބައިތިއްބާނަމަ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން ބޭތިއްބުމަށް ވަނީ އަންގާފައެވެ. އަދި ޚިތާން ކުރާ ގިނަ ކުދިން އެކުގައި އެއްތަނެއްގައި, ބޮޑެތި ހޯލް ފަދަ ތަންތަނުގައި ނުބޭތިއްބުމަށްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގާފައެވެ. އެޗްޕީއޭގެ އުޞޫލްގައި ވަނީ ކުދިން ބައިތިއްބާ ތަންތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އަންގާފައެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައި ވަނީ ގިނަ މީހުން އެއްފަހަރާ ގޭގެއަށް ޖަމާނުވާނެގޮތަށް ޒިޔާރަތްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ކޯވިޑް-19ގެ އަލާމާތް ފެންނަ މީހުން ގޭގެއަށް ޒިޔާރަތް ނުކުރުމަށްވެސް އަންގާފައެވެ. އަދި ގޭގެއަށް ޒިޔާރަތްކުރާ މީހުން ގިނައިރު މަޑުނުކުރުމަށް ބާރުއެޅުމާއި ގިނަ މީހުން އެއްވާގޮތަށް ޕާޓީ ތަކާއި، މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ނުބޭއްވުމަށްވެސް އެޗްޕިއޭއިން ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ގެއާއި ފާޚާނާ ސާފުކުރުމާއި އާންމުކޮށް އަތްލާ ތަންތަންވެސް ސާފުކުރަން ވާނެކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއިން ވަނީ އަބަދުވެސް އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުންމަށްވެސް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.