ފެނުގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން ގުޅިއަށް 65 ޓަނުގެ އާރުއޯ ޕްލާންޓެއް

ފެނުގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން ގުޅިއަށް 65 ޓަނުގެ އާރުއޯ ޕްލާންޓެއް

Author
މުޙައްމަދު ޖިމީ
25 ޖޫން 2022 05:19
0

މާލެއަތޮޅު ގުޅީގައި ފެން ފޯރުކޮށްދިނުމަށް ދަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯ އިން އެރަށަށް އިތުރު އާރުއޯ ޕްލާންޓެއް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނީ، ކ. ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް މިކުންފުނިން ފެބްރުއަރީ މަހު ހަވާލުވިއިރު، އެރަށުގައި ބެހެއްޓިފައިވާ 40 ޓަނުގެ 2 އާރު.އޯ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވަމުންދާތީ، އެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުވައިދިނުމަށް 65 ޓަނުގެ އާރް.އޯ ޕްލާންޓެއް މިހާރު ވަނީ ގުޅިއަށް ގެންދެވިފައިވާކަމަށެވެ. އަދި މި ފެށޭ ހަފްތާގެ ތެރޭގައި އައު ޕްލާންޓް ކޮމިޝަން ކުރެވި، ބޭނުން ކުރަން ފެށުމާއެކު، ގުޅީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދެވިގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ގުޅީގެ ފެނާއި ނަރުދަމާ ހިންގުމާއި ސްޓެލްކޯއިން ހަވާލުވެފައިވަނީ މިދިޔަ ފެބުރުއަރީ މަހުއެވެ. ސްޓެލްކޯއިން ބުނީ އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް މިހާރު ޕަލާންޓް ގެންދެވިފައިވާކަމަށާއި ދެންއޮތީ ހަމައެކަނި ކަނެކްޝަން ގުޅާލުމުގެ މަސައްކަތްކަމަށެވެ. އަދި މިމަސައްކަތް މިހަފްތާގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ގުޅީގައި މީގެކުރިން ބޭނުންކުރަމުން އައީ ގުދުރަތީ ފެންފަށަލައިން ނަގަމުން އައި ފެންނަނަމަވެސް އެރަށަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށްޓަކައި ވަނީ ފެނާއި ނަރުދަމާ

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.