ދެ ސްކޫލަކަށް ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ދެ ސްކޫލަކަށް ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
23 ޖޫން 2022 06:01
0

އަތޮޅުތެރޭގެ ސްކޫލެއްގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ. ރ.އަނގޮޅިތީމު ސްކޫލާއި ވ.ރަކީދޫ ސްކޫލްގެ ތަރައްޤީގެ ދެމަޝްރޫޢެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަނީ ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމުކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ބަޔަކާއި ހަވާލުކޮށްފައެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 2 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 3.2 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢު ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމްއެވެ. އަދި ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒްއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ 3 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެކުންފުންޏާ މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 1.38 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަދި ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު މާހިން މަޖީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝަންނަ
ސިޔާސީ މީހުން ފަހަތުގަ ތިބޭ ކުންފުނިތަކަށްދޯ މިލިބެނީ