މޫނު އުޖާލާ ކޮށްލުމަށް އެވަކާޑޯ މާސްކް!

މޫނު އުޖާލާ ކޮށްލުމަށް އެވަކާޑޯ މާސްކް!

Author
ފާތިމަތު ނާވީ
17 ޖޫން 2022 09:10
0

މޫނުގެ ހަންގަނޑަކީ އަހަރުމެން އަބަދުވެސް ވަރަށް ސަމާލުކަން ދޭ އެއްޗެކެވެ. އަދި މޫނު ރީތި ކުރުމަށް ތަފާތު މާސްކުތައް ކޮންމެ މީހަކުވެސް ބޭނުން ކުރެއެވެ.

މިއަދު މި ކިޔައިދެނީ މޫނުގެ ހަންގަނޑު އުޖާލާ ކުރުމަށް ބޭނުން ކުރެވިދާނެ ފޭސް މާސްކެކެވެ. މިއީ އާންމުކޮށް ބާޒަރުން ލިބެން ހުންނަ ތަކެތިން ތައްޔާރު ކުރެވިދާނެ މާސްކެކެވެ.

މާސްކަށް ބޭނުންވާނެ ތަކެތި:

އެވަކާޑޯއެއްގެ އެއް ފަޅި

އެއް ސައިސަމުސާ ލުބޯ ހުތް

އެއް ސައިސަމުސާ މާމުއި

އެއް ސައިސަމުމާ ކާށި ތެޔޮ

މި މާސްކު ތައްޔާރު ކުރުމަށް މަތީގައި ބަޔާންކުރެވުނު ހުރިހާ އެއްޗެއް ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް އެކުވެ ޕޭސްޓް ގަނޑަކަށް ވުމުން މޫނުގައި އުނގުޅައިލާށެވެ. އަދި 20 މިނިޓް ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.