ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތަކީ ވަރަށް ބުރަ އުފުލަން ޖެހޭ މަސައްކަތެކެވެ. ކިތަންމެ ވަރަކަށް ކަސްރަތު ކުރި ނަމަވެސް އެކަމުގެ އެއްވެސް އަސަރެއް ނުފެންނާތީ ޝަކުވާ ކުރާ މީހުން މަދެއް ނޫނެވެ.
ހަމަ އެހެންމެ ތަފާތު ޑައިޓްތައް ޓްރައިކޮށް ވަރުބަލިވި ކިތަންމެ ބަޔަކު ވެސް އެބަތިއްބެއެވެ. ނަމަވެސް އެދެވޭ އަސަރު ނުފެނުމުން ކުރީގެ ދިރިއުޅުމަށް ވީ ފޫއްސެއްގެ ބޮޑުކަމުން ބަދަލުކުރަން ޖެހެނީއެވެ.
މާސްޓާ ކްލިންސޭ ޑައިޓަކީ ވަރަށް ވަރުގަދަ ހިތްވަރެއް ހުރެގެން ކުރެވޭ ޑައިޓެއް ކަމަށް މާހިރުން ވަނީ ބުނެފައެވެ. އެގޮތުން މި ޑައިޓް ފެށުމުގެ ކުރިންވެސް ކަންތައް ތަކެއް ކުރަން ޖެހެއެވެ.
މިކަންތައްތައް ކުރާނީ ދުވަސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ޑައިޓް ފަށަން ބޭނުން ވާ ދުވަހަށް ވުރެ ކުރިން މިކަމަށް ހިތުނިޔަތް ގަނެ ފަށައިގަންނަން ޖެހެއެވެ.
އެގޮތުން އެންމެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ބަންދު ކުރި ކާނާ އާއި، ކިރު، ކޮފީ، މަހުގެ ބައިތައް ކެއުން ހުއްޓާލަން ޖެހެއެވެ.
އެއަށް ފަހު ޑައިޓަށް ތިބާގެ ހަށިގަނޑު ހޭނުމުވުމުގެ ގޮތުން ދެވަނަ ދުވަހުން ފެށިގެން ތަފާތު ވައްތަރުގެ ސްމޫތީ އާއި ސޫޕާއި ޖޫސްފަދަ އެއްޗެހި ބޯންޖެހޭނެއެވެ. އަދި ހަތަރު ވަނަ ދުވަހަކީ ހަމަ އެކަނީ ފްރެޝް އޮރެންޖު ބޯ ދުވަހަކަށް ވާން ޖެހެއެވެ. އަދި ފަސްވަނަ ދުވަހަކީ މި ޑައިޓް ފަށައިގެނެވޭނެ ދުވަހެއެވެ.
މާސްޓާ ކްލިންސޭ ޑައިޓް ތައްޔާރު ކުރާނެ ގޮތް:
30 ގްރާމް ލުނބޯ
40 ގްރާމް މެޕަލް ސިރަޕް
0.2 ގްރާމް އަސޭމިރުސް ޕައުޑަރު
12 އައުންސް ގެ ފެން
މި ޑްރިންކް ތައްޔާރު ކުރުމަށް ހުރިހާ އެއްޗެއް އެއްކޮއްލާނީއެވެ. އަދި ބަނޑުހައިވާ ކޮންމެ ފަހަރަކު ބޯނީ މި ޑްރިންކެވެ.
މިޑްންރިކް ބުއި ކަމުގައިވިޔަސް ތަފާތު ވައްތަރުގެ ސޫޕް އަދި މޭވާ އާއި ތަރުކާރީ ޖޫސް ބޮވިދާނެއެވެ. އިތުރު ބާވަތެއްގެ ކާނާ މިޑައިޓް ކުރާއިރު ހިމެނުން ރަނގަޅެއް ނޫނެވެ.
One Response
Dhera kamehnunn… kithah dhuvas vaandhen tha thi drink eh boan v… master cleansing diet ekoa…