ވައި ނުސާފުވުމުގެ ސަބަބުން ނިއު ދިއްލީގައި ދިރިއުޅޭ މީހުންގެ އުމުރު 10 އަހަރު ކުރުވެދާނެ: ރިޕޯޓު

ވައި ނުސާފުވުމުގެ ސަބަބުން ނިއު ދިއްލީގައި ދިރިއުޅޭ މީހުންގެ އުމުރު 10 އަހަރު ކުރުވެދާނެ: ރިޕޯޓު

Author
ހުސެއިން
14 ޖޫން 2022 06:06
0

ދުނިޔެގައި މިވަގުތު އޮތް އެންމެ ވައި ނުސާފު ސިޓީ ކަމުގައިވާ، އިންޑިއާގެ ނިއުދިއްލީގައި ދިއިރުޅެމުންދާ މީހުންގެ އުމުރުން 10 އަހަރު ކުރުވުމުގެ ފުރުސަތު އެބައޮތް ކަމުގައި އެމެރިކާގެ ރިސާރޗް ގުރޫޕަކުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

އަދި މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިންޑިއާގެ މިވަގުތުގެ ވައިގެ ނުސާފުކަން ހުރި މިންވަރުގެ ސަބަބުން އެގައުމުގެ ލައިފް އެކްސްޕެންޓަންސީން (މީހުން އެވްރެޖްކޮށް ދުނިޔޭގައި ތިބޭ އުމުރުން) ވަނީ 5 އަހަރު ކުރުވެފައެވެ.

އިންޑިއާގެ 1.3 ބިލިއަންގެ އާބާދީ ދިރިއުޅެމުންދަނީ "އެނުއަލް އެވެރޭޖް ޕާރޓިކިއުލޭޓް ޕޮލިއުޝަން" ލެވެލް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި އޮންނަ ރައްކާތެރި މިންގަޑު ކަމުގައިވާ 5µg/m³ އަށްވުރެ ވައިގެ ސާފުކަން ދަށް ސަރަހައްދު ތަކުގައެވެ.

ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގައި ކޮންމެ އަހަރަކުވެސް އެތައް މިލިއަން މީހުން މަރުވެއެވެ.

ކޮންމެ އަހަރެއްގެވެސް ވިންޓަރ މޫސުމުގައި (ފިނި މޫސުމުގައި) އިންޑިއާގެ ސިޓީތައް ފޮރުވިފައި ހުންނަނީ ދުން ފިނިންނެވެ. އަދި ވައިގެ ތެރޭގައި ހިމެނޭ މި ނުސާފު ދުމުގައި PM2.5 ނަމަކަށް ކިޔާ ނުރައްކާތެރި އެތިކޮޅުތަކެއް ވަރަށް މަތީ ދަރަޖައަކަށް ހުރެއެވެ.

މި އެތިކޮޅުތަކަކީ ނޭވާލުމުގެ ސަބަބުން ފުއްޕާމޭ ބްލޮކްކޮށް އަދި އިތުރު ބަލިތައްވެސް ޖައްސާދިނުމުގެ ސަބަބަކަށް ވެގެން ދެއެވެ.

އެމެރިކާގެ ޔުނިވަރސިޓީ އޮފް ޗިކާގޯގެ އެނާރޖީ ޕޮލިސީ އިންސްޓިޓިއުޓްއިން އެކަށައަޅާފަ އޮންނަ އެއަރ ކުއަލިޓީ ލައިފް އިންޑެކްސްއިން ހާމަ ކޮށްފައިވާ ގޮތުގައި، އިންޑިއާގެ ވައިގެން ނުސާފުކަން މިހާރު ހުރި މިންވަރުގައި ހުރެއްޖެނަމަ، އުތުރު އިންޑިއާގައި ދިރިއުޅެމުންދާ 510 މިލިއަން މީހުންނަށް މިހާރުވަނީ އެމީހުންގެ އެވެރެޖް އުމުރުން 7.6 އަހަރު ގެއްލި ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ އިންޑިއާގެ އާބާދީގެ 40 އިންސައްތައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.