ހިންދޫންގެ ދީނީ ޝިއާރު ފާލުކުރާ ބޯޑު ހަލާކު ކޮށްލައިފި

ހިންދޫންގެ ދީނީ ޝިއާރު ފާލުކުރާ ބޯޑު ހަލާކު ކޮށްލައިފި

Author
ހުސެއިން
14 ޖޫން 2022 06:45
0

ހުޅުމާލޭގެ ފޭސް ދޭއްގައި ބަހައްޓާފައިހުރި ހިންދޫންގެ ދީނީ ޝިއާރުފާޅުކުރާ ބޯޑު ޒުވާނުންތަކެއް ނުކުމެ ހަލާކު ކޮށްލައިފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި، މިސަރުކާރުން ހުޅުމާލޭގައި އަޅާ 2،000 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ކުންފުނިން މަސައްކަތް ކުރަމުންދާ ކޮންސްޓަރަކްޝަން ސައިޓުގައި ހިންދޫންގެ ދީނީ ޝިއާރުތައް ފާޅުވާގޮތަށް ބޯޑެއް ބަހައްޓާފައި ވާކަން އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ، ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ޒަމްޒަމް ފާރިޝްއެވެ.

އޭނާވަނީ މި ބޯޑު ހުރި ސަރަހައްދުގެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. މިގޮތުން މި ވީޑިއޯ އާންމު ކުރައްވަމުން ޒަމްޒަމް ފާރިޝް ވަނީ މިކަން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލާފައެވެ. 

ސީދާ ކަނޑައެޅިގެން ބޮޑެތި ޙަރާމް ކުފުރާއި ޝިރުކު މިއޮއް ފަތުރަނީ.

ޒަމްޒަމް ފާރިޝް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވެފައި ވެއެވެ.

ޝެއިޚް ޒަމްޒަމް އާންމު ކުރައްވާފައިވާ ވޯޑިއޯއަކުން ފެންނަނީ ހިންދޫން އަޅުކަން ކުރުމަށް، އެމީހުން ކަނލާގެއެއް ކަމުގައި ދެކޭ ބުދެއްގެ ފޮޓޯ ޖަހާފައިވާ ބޯޑެއް އާންމުންނަށް ފެންނާނެހެން ކޮންސްޓަރަކްޝަން ސައިޓެއްގައި ހަރުކޮށްފައި ހުންނަ ތަނެވެ.

މި ބޯޑު ސައިޓުގައި ހަރިކޮށްފައި ހުރުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ރުޅިވެރިކަން ފާޅުކުރަމުން ދަނިކޮށް، މި ބޯޑު ހަލާކު ކޮށްލާފައިވަނީ ޒުވާނުންގެ ބަޔަކު ނިކުމެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
އެވެސް ސަރުކާރަކުންނޫދޮހަލާކުކޮށްލީކީ ތިޒުވާނުނަން ހެޔޮރަހުމަތާެކު ހެޔޮވިސްނުންދެއްވާށި ياربلعلمين امين