ޗެކް ރިޕަބްލިކް ބަލިކޮށް ސްޕެއިން ގްރޫޕްގެ އެއްވަނަ އަށް

ޗެކް ރިޕަބްލިކް ބަލިކޮށް ސްޕެއިން ގްރޫޕްގެ އެއްވަނަ އަށް

ގުޅުންހުރި

ޔުއެފާ ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކް އަތުން 2-0 އިން މޮޅުވެ، ސްޕެއިން ގްރޫޕްގެ އެއް ވަނަ ލިބިއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސްޕެއިނުން ވަނީ 24 ވަނަ މިނިޓްގައި ކާލޯސް ސޮލެއާ ޖެހި ގޯލުން ލީޑުނަަގައިފައެވެ. މިއީ ކޯކޭ މަތިން އޭރިއާތެރެއަށް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު މާކޯ އަސެންސިއޯ ހުސްކޮށްލާފައި ދިން ފުރުސަތަކުން ސޮލެއާ ޖެހި ގޯލެކެވެ. ސްޕެއިނުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 75 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ޕަބްލޯ ސަރާބިއާ ވައްދާލި ގޯލުންނެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، ގްރޫޕް ބީގެ އެއް ވަނައިގައި ސްޕެއިން އޮތީ އަށް ޕޮއިންޓާ އެކުއެެވެ. ދެ ވަނައިގައި އޮތް ޕޯޗުގަލް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ އޮތީ ހަތަރު ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ފުލުގައި އޮތް ސްވިޒަލެންޑަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނުގައި ރޭ ނޯވޭ އިން ވަނީ 3-2 އިން ސްވިޑެން ބަލިކޮށްފައެވެ. މި މެޗުގައި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން އެ ޓީމުގެ އަނެއް ގޯލު ޖެހި އަލެކްސަންޑާ ސޯލޯތަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. ސްވިޑެންގެ ގޯލުތައް ޖެހީ އެމީލް ފޯސްބާގް އާއި ވިކްޓޯ ގްޔޯކޭރޭސްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ