ސްވިޒަލެންޑް އަތުން ޕޯޗުގަލް ބަލިވެއްޖެ

ސްވިޒަލެންޑް އަތުން ޕޯޗުގަލް ބަލިވެއްޖެ

ގުޅުންހުރި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޒަލެންޑް އަތުން 1-0 އިން ޕޯޗުގަލް ބަލިވެއްޖެއެވެ.

ޕޯޗުގަލް ކޮޅަށް ސްވިޒަރލެންޑުގެ ލަނޑުޖެހީ މެޗުގެ ފުރަތަމަ މިނެޓްގެ ތެރޭގައި ސެފެރޯވިޗްއެވެ. މިއީ މިމުބާރާތުގެ ކުރު ތާރީޚުގެ އެންމެ އަވަސް ގޯލެވެ. ބެންފީކާގެ ފޯވާޑް ލަނޑުޖެހީ 55 ވަނަ ސިކުންތުގައެވެ. މެޗުން ސްވިޒަރލެންޑް މޮޅުވުމުގައި ކީޕަރު ޖޯނަސް އޮމްލިންވެސް މުހިއްމު ދައުރެއް އަދާކުރިއެވެ. މެޗުގައި ޕޯޗުގަލްގެ ތަރި ރޮނަލްޑޯ ޓީމުގައި ހިމަނާފައިނުވެއެވެ. މިމެޗުން ބަލިވުމުން ޕޯޗުގަލްއަށް ލިބުނީ 7 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައެވެ.

ސްވިޒަލެންޑުން މި ފަހަރުގެ ނޭޝަންސް ލީގުގައި ފުރަތަމަ މޮޅު ހޯދިއިރު، މިއީ 2022 ވަނަ އަހަރު ޕޯޗުގަލްގެ ފުރަތަމަ ނާކާމިޔާބީއެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، ގްރޫޕް ބީގެ އެއް ވަނައިގައި ސްޕެއިން އޮތީ އަށް ޕޮއިންޓާ އެކުއެެވެ. ދެ ވަނައިގައި އޮތް ޕޯޗުގަލް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ އޮތީ ހަތަރު ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ފުލުގައި އޮތް ސްވިޒަލެންޑަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ