އިޓަލީއަތުން އެއްވަރުގެ އިންގްލެންޑް ގްރޫޕްގެ ފުލަށް

އިޓަލީއަތުން އެއްވަރުގެ އިންގްލެންޑް ގްރޫޕްގެ ފުލަށް

ގުޅުންހުރި

ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީއާއި އިންގްލެންޑްވެސް އެއްވަރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފައިނަލުގައި އިޓަލީން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި މެޗުގައި ސަޕޯޓަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލާފައި، މިރޭ ކުޅުނު މެޗަށް ސަޕޯޓަރުން ނުވައްދައެެވެ. އެކަމަކު، ގަވާއިދުގެ ތެރެއިން ހުއްދަ ލިބޭތީ ކޮންމެ ވެސް ވަރަކަށް ކުޑަކުދިން ދަނޑަށް ވެއްދިއެވެ.

މެޗުގައި އިންގްލެންޑްގެ ކެޕްޓަންކަން ކުރީ ރަހީމް ސްޓާލިންގއެވެ. ހެރީ ކޭން ކުޅެން ނުކުތީ ދެވަނަ ހާފްގައި ޓެމީ އަބްރަހަމްގެ ބަދަލުގައެވެ. މެޗުގައި ލަނޑުޖަހަން މޭސަން މައުންޓާއި ސްޓާލިންގއަށް ލިބުނު ފުރުޞަތުގެ ބޭނުމެއް ނުކުރެވުނެވެ.

އިންގްލެންޑުން މި ފަހަރުގެ ނޭޝަންސް ލީގު ފެށީ 1-0 އިން ހަންގޭރީ އަތުން ބަލިވި މެޗުންނެވެ. އޭގެ ފަހުން ޖަރުމަނާއި އިޓަލީއާ މި ވަނީ އެއްވަރުވެފައެވެ.

މިގްރޫޕްގައި ކޮންމެ ޓީމެއް ތިން މެޗު ކުޅެ ނިމުނުއިރު އެއްވަނާގައި އޮތީ އިޓަލީއެވެ. އެއީ ފަސް ޕޮއިންޓާއެކުއެވެ. ދެވަނާގައި ހަންގޭރީ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތީ ތިން ޕޮއިންޓާއެކު ޖަރމަނީއެވެ. އިންގްލެންޑް އޮތީ ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ