ނަރީޝް؛ ޝަރީފަށް: މިނިވަންކަމާއި، އިސްލާމީ ވަހުދަތު ފުޑުފުޑުކޮށްލަން ޖާގަނުދެވޭނެ

ނަރީޝް؛ ޝަރީފަށް: މިނިވަންކަމާއި، އިސްލާމީ ވަހުދަތު ފުޑުފުޑުކޮށްލަން ޖާގަނުދެވޭނެ

ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތު ފުޑުފުޑުކޮށްލުމަށް ޖާދަ ނުދެވޭނެކަމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ ސިޔާސީ މަންފާއަށް އިދިކޮޅު ފަރާތްތަކުން އެތެރެއިންނާ ބޭރުން ޤައުމު އިނދަޖައްސާލައި ރައްޔިތުން ނިކަމެތި ކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.

ޝަރީފް ވިދާޅުވެފައިވަނީ ސަރުކާރު ސަރުކާރު އިނދަ ޖައްސާލާ ޤައުމު ބަނގުރޫޓް ކޮށްލަން ސިޔާސީ ވާދަވެރިން އެތެރެއިންނާއި ބޭރުން ކުރާ ކަންކަމުގެ ގެއްލުންވަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. މިކަންކަމަކީ ރައްޔިތުން ފުންކޮށް ވިސްނާލަންޖެހޭ ކަންތައްތަކެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު އިނދަ ޖައްސާލާ ޤައުމު ބަނގުރޫޓް ކޮށްލަން ސިޔާސީ ވާދަވެރިން އެތެރެއިންނާއި ބޭރުން ކުރާ ހުރިހާ މަސައްކަތެއްގެ ގެއްލުން ވަނީ ހުރިހާ ރައްޔިތުންނަށް. ބަޑަށް ޖެހެނީ އެންމެން. ފުންކޮށް ވިސްނަން ވެއްޖެ ކަމެއް. މިގޮތަށް ނުކުރުމަށް ގޮވާލަން.

މަވޯޓާ ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަރީޝް ވިދާޅުވީ ޤައުމު އިނދަޖެހިގެންދަނީ ސަރުކާރުން ޤައުމުގެ އިޤްތިޞާދީ ހާލަތަށް ނުބަލައި، ދަރަނި މައްޗަށް ދަރަނި ނަގައި، ފައިސާ ޗާޕްކޮށް، ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދާތީ ކަމަށެވެ، އިދިކޮޅު ފަރާތްތަކުން ސަރުކާރުން ޒިންމާދާރުކޮށް، ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ހިންގާ ކަންކަމާއި، ޤައުމުގެ އިޤްތިޞާދު އިނދަޖެހިގެންދާ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ގޮވާލައި އެކަންކަން ހުއްޓުވުމަށް ކުރާ މަަސައްކަތަކީ ރައްޔިތުންނަށް ފައިދާހުރި، ރައްޔިތުންގެ މަސައްކަތެއްކަމަށް ނަރީޝް ވިދާޅުވިއެވެ.

ހަމަމިއާއިއެކު މާތް ރަސޫލާއަށް ފުރައްސާކުރުމުން އެކަމާއި ދެކޮޅަށް އަޑު އުފުލައި، އިސްލާމީ ވަހުދަތު ނަގަހައްޓަން ކުރަމުންދާ މަސައްކަތަކީ ހަޖަމްނުކުރެވުނަސް ހުއްޓާލެވޭނެ މަސައްކަތެއް ނޫންކަމަށެވެ. ދިވެހިންގެ މިނިވަންކަމާއި، އިސްލަމީ ވަހުދަތު ނެގެހެއްޓުމަށް ދިިކޮޅުން ކުރާ މަސައްކަތަކީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކުރަމުންދާ ވަރަށް ބޮޑު ޤައުމީ މަސައްކަތެއްކަމަށް ނަރީޝް ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިން ގައުމު ބަގުރޫޓުކޮށްލަން ކުރަނީ ކޮންކަމެއްބާއޭ ހިތަށް އަރާ! ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓަން ގޮވާލާ ހަރަދު ހަމަޖައްސަން ފައިސާ ޗާޕު ނުކުރާށޭ ގޮވާ ރަސޫލާ އަށް ފުރައްސާރަ ނުކުރާށޭ ކުރާ މީހުންނަށް ފިޔަވަޅު އަޅާށޭ ގޮވުމަކީ ބަޑަށް ޖެހުން ކަމަށްތޯ ތިބުނަނީ؟

– ނަރީޝް ވިދާޅުވިއެވެ.

މިސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އަޑިނޭގޭ އެއްބަސްވުންތަކާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ކުރަމުންދާ މަސައްކަތް ހާމަކުރުމަށް އިދިކޮޅު ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން މިކަމަށް މާބޮޑު އިޖާބައެއް ދީފައިނުވެއެވެ. އަދި ދާދިފަހުން އިންޑިއާޖެ ޕީޖޭޕީ ތަރުޖަމާނު މާތް ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ސަރުކާރުން ނެރުނު ފިނި ބަޔާނަށްވެސް އިދިކޮޅުން ދަނީ ފާޑުވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ސަރުކާރު އިނދަށް ޖައްސާލަނީކީ އިދިކޮޅަކުން ނޫނޭ ޝަރީފޫ، ތިކިއާ އިނދަކަށް ޖައްސަނީވެސް ހަމަ އެއްކޮޅުގާ ތިބިގެން ތިމާމެން، ތިމާމެން ފޭހި އިލޮށިގަނޑު ތިމާމެންގެ ލޮލަށް ތި ހެރެނީ، ކޮންމެ ކަމެއްވެސް ނޭފސތުކުރި ފެނުޖެހުނީމާ އިދިކޮޅު މީހުންގެބޮލަށް ކަނޑާލިއަކަސް މިހާރު ތިމީހުން ތި ޖައްސާ ވައްވައްތަކާ ކުޅެމުންދާ ޑުރާމާމާތައް ގަބޫލު ކުރާނެ ބަލާނެ މީހުނެއް ނެތޭ ޝަރީފޫ ރަންކޮޅާ.

Leave a Reply

Your email address will not be published. Required fields are marked *