ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި ރައްޔިތުންގެ ތާއީދު ގެއްލުން މިއަދު ފެނިގެންދަނީ ސަރުކާރުން ހަތަރެސް ފައިންވެސް ގޯސްހަދާތަން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އުތީމު ކައުންސިލް ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރި ކުރުން ކުށްވެރި ކުރައްވައި ޝުޖާ ވިދާޅުވީ އަބްދުއްﷲ ރަޝީދަކީ ހިންގުންތެރި ތަރައްޤީއަށް ލޯބިކުރާ ހަރުދަނާ ކައުންސިލަރެއް ކަމަށެވެ. ސަރުކާރުން އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކުރިއަށް އޮތް ކައުސިލް އިންތިޚާބުގައި ނިކުންނަ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ބިރު ދެއްކުމަށް ކަމަށާއި، ނަމަވެސް މިއީ ޕީޕީއެމް މެމްބަރުން ބިރުން ފަހަތައް ޖެހޭނެ ކަމެއް ނޫންކަމަށެވެ.
ސަރުކާރުން މިއަދު ރައްޔިތުންނަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ތިއްބެވި ބޭފުޅުންނަށް އަނިޔާދީ ހަދަމުންދަނީ ސަރުކާރުން ފެއިލްވެ ގޮސް ހުސްވުމުންކަމަށް ޝުޖާ ވިދާޅުވިއެވެ. މިއަދު ތިމާމެން އަމިއްލަޔަށް ހަދާ ޤާނޫނުގައި އޮންނަ އެއްޗެއްވެސް ނޭގޭ ހިސާބަކަށް ދިއުމުން ސާފުވަނީ ސަރުކާރުގެ ނާގާބިލްކަން ގޮސްފައިވާ ހިސާބުކަމުގައި ޝުޖާ ވިދާޅުވިއެވެ.
Utheemu Council Raees Abdulla Rasheedh @Boaharu741 Suspend kurumaky mi sarukaarun hingi findi amaleh. PPM ge candidate in migothah suspend koh biru dhakkaigen council inthikhaabu kaamiyaabu kurumah MDP in masakkai kurany mi sarukaaru failve thaaeedhu nethumun. Mikan kuvverikuran. pic.twitter.com/oxzXA0duoX
— Ibrahim Shujau ? (@shuja3831) November 14, 2020
ލާމަރުކަޒީ ޤާނޫނުނު މިހާރު ބުނާގޮތުންވެސް އަދި ކުރިން އޮތް ގޮތުންވެސް ކައުންސިލަރުން އެއްވެސް މުއްދަތެއް ނެތްގޮތަށް ސަސްޕެންޑު ކުރުމަކީ ޤާނޫނުން ތަންދޭ ކަމެއް ނޫންކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުޖުތާޒު މުހުސިންވެސް ވަނީ ވިދާޅުވެފައެވެ. މުހުތާޒު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަށް ވެސް LGA ގެ މިނިންމުން ނުފެތޭކަމަށެވެ. އަދި ކުރީގެ ލާމަރުކަޒީ ޤާނޫނުގައި އޮތް ކައުންސިލަރުން ސަސްޕެންޑް ކުރަމުން އައި އުސޫލު ހައިކޯޓުން ބާތިލް ކޮށްފައިވާކަމަށް ކުރީގެ ޕީޖީ ވިދާޅުވިއެވެ.
އެލްޖީއޭއިން ޢަބްދުﷲ ރަޝީދަށް ފޮނުވި ސިޓީއެއްގައިވަނީ އޭނާ ސަސްޕެންޑްކޮށްފައިވަނީ އޭނާއާއި ގުޅޭގޮތުން އެއޮތޯރިޓީއަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެލްޖީއޭއިން ބުނެފައިވަނީ ޢަބްދުﷲ ރަޝީދާއި ގުޅޭ 11 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އެލްޖީއޭއިން ވަނީ ޢަބްދﷲ ރަޝީދު މިމައްސަލައާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ޖަވާބުދާރީވުމަށްވެސް އަންގާފައެވެ.
ކޮމެންޓު ފޮނުވާ