ސްވިޓްޒަލެންޑް ބަލިކޮށް، ސްޕެއިނުން ފުރަތަމަ މޮޅު ހޯދައިފި

ސްވިޓްޒަލެންޑް ބަލިކޮށް، ސްޕެއިނުން ފުރަތަމަ މޮޅު ހޯދައިފި

ގުޅުންހުރި

ޔުއެފާ ނޭޝަންސް ލީގުގައި ސްވިޓްޒަލެންޑް ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް ސްޕެއިން އިން މި އަހަރުގެ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ސްޓޭޑް ޑީ ޖެނީވާގައި ކުޅުނު ރޭގެ މެޗުގައި ސްޕެއިނުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 13 ވަނަ މިނިޓްގައި ޕަބްލޯ ސަރާބިއާއެވެ. މާކޯސް ލޮރެންޓޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ސަރާބިއާ ވަނީ ވެއްޓިގެންފައި ގޯލު ތެރެއަށް ފޮނުވާލައިފައެވެ. މެޗުގެ ރެފްރީ ސަރްދާރް ގޮޒްބުޔޫކް މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންްޓް ރެފްރީ (ވީއޭއާރް) އިން ވަރަށް ގިނަ އިރުތަކެއް ވަންދެން ބެލުމަށް ފަހުއެވެ.

ސްޕެއިނާއި ސްވިޒަލެންޑަށް ވެސް މި މެޗުގައި ގޯލާ ސީދާކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވިއެވެ. ސްޕެއިނުގެ މާކޯސް އަސެންސިއޯ ޖެހި ޝޮޓެއް ސްވިޒަލެންޑްގެ ޔެން ސޮމާ އަތަށް ނެގިއިރު، ސްވިޒަލެންޑްގެ ފޯވާޑް ހަރިސް ސެފެރޯވިޗް ޖެހި ބޯޅަ ސްޕެއިން ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.

މި ގްރޫޕުގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސްޕެއިން އަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު ޗެކް ރިޕަބްލިކް ތިންވަނައިގައި އޮތީ ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް ސްވިޓްޒަލެންޑަށް ޕޮއިންޓެއް ނުލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ