ބޮޑު މޮޅެއް ހޯދައި ބެލްޖިއަމުން މާޔޫސްކަން ފިލުވާލައިފި

ބޮޑު މޮޅެއް ހޯދައި ބެލްޖިއަމުން މާޔޫސްކަން ފިލުވާލައިފި

ގުޅުންހުރި

ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ހަތަރެއްގައި ޕޮލަންޑް އަތުން ފަހަތުން އަރައި ބެލްޖިއަމް މޮޅުވެއްޖެއެވެ.

ބެލްޖިއަމުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެލްޖިއަމްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޕޯޅަންޑް އިންނެވެ. މިލަނޑު އެތީމަށް ޖަހާދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ ޕޯޅަންޑް ޤައުމީ ޓީމަށް ޖަހާދިން 76ވަނަ ލަނޑެވެ.

މިމެޗްގައި ބެލްޖިއަމްއިން އެއްވަރު ކުރި ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހާދިނީ އެކްސެލް ވިޓްސެލްއެވެ. މިމެޗްގައި ބެލްޖިއަމްއަށް ލީޑު ނަގާދިނީ މެޗްގެ 59 ވަނަ މިނެޓްގައި ކެވިން ޑި ބްރުއިނަރ ޖަހާދިން ލަނޑުންނެވެ. އަދި ތިންވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓާއި 80 ވަނަ މިނެޓްގައި ޖަހާދިނީ ލިއާންޑްރޯ ޓްރޮސާޑްއެވެ. ބެލްޖިއަމްއިން މިމެޗްގައި ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ލިއާންޑަެ ޑެންޑޮންކަރއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ލޮއިސް އޮޕެންޑާއެވެ.

މިކާމިޔާބީއާއެކު ބެލްޖިއަމްއިން މިވަނީ އެންމެފަހުން ނެދަލަންޑްސް އާއި ބައްދަލުކޮށް 4-1 ގެ ނަތީޖާއަކުން ބަލިވި ބަލިވުން ހނދާން ނައްތާލާފައެވެ. އަދި މިކާމިޔާބީއާއެކު މިވަނީ ގްރޫޕްގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕޯލަންޑް މިވަނީ ޖަހާފައިވާ ލަނޑުގެ ތަފާތުން ތިންވަނައަށް ވެއްޓިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ