ހެންވޭރު ކޮޅުގައި ހުޅުވާފައިވާ "ލޮނުޒިޔާރަތް ޕާކު" ގައި ހުރި ގަސްތަކުގެ ތެރެއިން ބައެއް ޤައުމުތަކުން ގެނައި ގަސްތަކަށް ވީގޮތެއް ނޭގި މޭޔަރު ސިފާ ކައިރިން ކައުންސިލް މެމްބަރު ފަޒީން އެއްސެވުމުން ހޫނު ޖަވާބެއް ދެއްވައިފިއެވެ.
ލޮނުޒިޔާރަތް ކޮޅުގައި ހަދާފައިވާ ޕާކަށް ބޭނުންވާ ގިނަ ގަސްތައް ގެނެސްފައިވަނީ ބޭރުގެ އެކި ޤައުމުތަކުންނެވެ. ޕާކުގައި ސިފާއާއި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީން ދެއްކެވި ވާހަތަކުގެ އޯޑިއޯއެއް އާންމުވެގެން އުޅޭއިރު، އެއޯޑިއޯގައިން ފަޒީން ސިފާ ކައިރީގައި މެލޭޝިޔާއިން ގެނައި ގަސްތައް ކޮބައިތޯ އޮޅުންފިލުވައެވެ. ޖަވާބުގައު ވަރަށް ރުންކުރު ގޮތަށް ސިފާ ވަނީ ޖަވާބު ދެއްވާފައެވެ.
ސިފާ ވިދާޅުވި އިންޑީޔާއާއި، ސިންގަޕޫރާއި، އިންޑޮނީޝިއާއިން ގެނައި ގަސްތައް ކޮބައިތޯ އޮޅުންފިލުވުން މާރަނގަޅު ވާނެކަމަށެވެ. އަދި ފަޒީން ބަގީޗާއަށް ވަނީވެސް ހުންނަ ހަޔާތް ކުޑަކަމުން ކަމަށް ސިފާވަނީ ވިދާޅުވެފައެވެ. ސިފާ މިގެން ބުނުމާއެކު ފަޒީން ވަނީ ރައްދުގައި އޭނާއަކީ ރައްޔިތުން އިންތިޚާބް ކޮށްފައިވާ ކައުންސިލަރެއްކަން ސިފާއަށް ހަދާންކޮށް ދެއްވާފައެވެ.
ސިފާއާއި ފަޒީންއާއިދެމެދު ނުތަނަވަސްކަން އުފެދިފައިވަނީ މާލެ ސިޓީ ކައުންސިލް ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ ކަންތައްތަކެއް ހިނގާތީއާއި، އަދި ކައުންސިލް ހިންގެވުމުގައި ޒިންމާ އަދާނުކުރެވޭތީ ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި ހިސާބުން ފެށިގެންނެވެ. ނަމަވެސް މިމައްސަލަގައިގެ ތެރެއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަދެ، ވަކި ގޮތަކަށް މައްސަލަ އަބުރާލައި ސިފާގެ މައްޗަށް ނަގަން އުުޅުނު އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުއްވާފައެވެ.
ސިފާގެ ލީކްވެފައިވާ މި އޮޑިއޯއާއި ގުޅިގެން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވީ މިހާ އަހުލާގީ ގޮތުން ދަށް، ވާހަކަ ދެއްކުމުގެ އަދަބު ކުޑަ މީހަކު މަޤާމުގައި ހުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެންމެ ރަނގަޅު ވާނީ ސިފާ އަވަހަށް މަޤާމުން އިސްތިއުފާދެއްވުންކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރުކަން ކުރައްވާ ފިސާރި ކަމަނާ @SifaMohammed އިސްތިއުފާ ދެއްވުމަށް ގޮވާލަން !
ކޮރަޕްޝަން އޮތީ އަތްފޯރާފަށުގައިކަން ސާފު! ބަސްމަގު ހުރީ ސީދާ ބާޒާރުމަތިން! ދެރަވަރު ދެއްތޯ؟ pic.twitter.com/c2a6ac3Imy— ????? ????? – ?? (@AlhanFahmy) November 14, 2020
"ލޮނުޒިޔާރަތް ޕާކު" އަށް ގެނައި ގަސްތަކާއިމެދު މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މިގޮތުން ގަސްތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން މިމައްސަލަ އޭސީސީއަށްވެސް ހުށަހަޅާފައިވެއެވެ. މީގެ އިތުރުުން މިޕާކު ހެދުމުގައި ސިފާ މަޤާމުގެ ނުފޫޒ ބޭނުންކޮށް ކޮރަޕްޝަން ހިންގާފައިވާތީ އޭނާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވުމުން، ދޮޅުމަސް ދުވަހަށްފަހު އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ވަނީ އަބުރާ ފޮނުވާލާފައެވެ. ޕީޖީ ޝަމީމްއަކީ ސިފާއާއި ދެބޭންގެ ދެދަރި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ