އަނގައިން ނުބައި ވަސްދުވުމަކީ ގިނަބަޔަކަށް ކުރިމަތިވާ ކަމެކެވެ. ނަމަވެސް އެއީ ނޯމަލް ކަމެކެވެ. ނަމަވެސް އަނގައިން ނުބައި ވަސްދުވިޔަ ނުދީ ބެހެއްޓުމަށް ކުރެވިދާނެ ކަންކަން ގަވައިދުން ކުރުމުން މި މައްސަލަ ހައްލުވާނެވެ.
އަނގައިން ނުބައި ވަސްދުވަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އަނގައިގެ ތެރޭގެ ސާފުތާހިރުކަން އެންމެ އެދެވޭ ގޮތުގައި ނުކުރެވުމެވެ.
އާދަކޮށް ދުވާލަކު މަދުވެގެން ދޭއް ނުވަތަ ތިންފަހަރު ދަތް އުގުޅުމަކީ ސިއްހީ މާހިރުން ލަފާދޭ ކަމެކެވެ. އަދި މި ކަމަކީ ވަރަށް މުހިންމު ކަމެއް ވެސް މެއެވެ. ދަތް އުނގުޅުމުގެ ސަބަބުން އަނގައިގާ ހުންނަ ބެކްޓީރިއާތައް ބޭރުކޮށްދެއެވެ. އަދި ހަރުލައިފައި ހުންނަ ކާތަކެތިވެސް ފިލައިގެން ދެއެވެ.

ބައެއް ކަހަލަ ކާއެއްޗެއްސަކީ އަނގައިން ނުބައިވަސް ދުވަން ސަބަބަކަށް ވެއެވެ. އޭގެތެރޭގައި ފިޔާ އަދި ލޮނުމެދު ހިމެނެއެވެ. އެހެންކަމުން ކެއުމުގައި މި ދެބައި މަދުކޮށްލުން އެދެވިގެން ވެއެވެ.
90 އިންސައްތަ މީހުންގެ އަނގައިން ނުބައި ވަސްދުވަނީ ހަށިގަނޑުގެ އެހެން ހިސާބެއްގެ މައްސަލައަކުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ގޭސް، އެސިޑް އަދި ޑައިބެޓީސްގެ ސަބަބުން ނުބައި ވަސްދުވުމަކީ އެކަށީގެންވާ ކަމެކެވެ.
އަނގައިން ނުބައި ވަސްދުވާނަމަ ޕާސްލީ، އަލަނާސި، ޔޯގަޓް، އޮރެންޖް، އާފަލު ފަދަ ކާނާ ކެއުމުގައި ހިމެނުމަށް މާހިރުން އިރުޝާދު ދެއެވެ. އަދި ހަމަ އެހެންމެ ގިނައިން ފެން ބުއިމަކީވެސް ހައްލެކެވެ.
ކޮމެންޓު ފޮނުވާ