ލޯބިވެރިޔާގެ ކިބައިން މިކަންކަން ފެންނަނަމަ އަވަހަށް ދުރުވާންވީ!

ލޯބިވެރިޔާގެ ކިބައިން މިކަންކަން ފެންނަނަމަ އަވަހަށް ދުރުވާންވީ!

ހަޔާތަށް ގެންނަ ލޯބިވެރިޔަކީ އުމުރު ދުވަހު އެމީހަކާ އެކުގައި އުޅޭނެ މީހެއް ކަމުގައި އެންމެވެސް އުންމީދު ކުރެއެވެ. ހަޔާތަށް ލޯބިވެރިއަކު ގެންނަނީވެސް ދުނިޔެ އުމުރަށް އުޅުމަށް ވައުދާއި އަހުދުތަކެއް ދެމީހުންގެ މެދުގައިވެސް ވެގެންނެވެ.

ދެ މިޒާޖެއްގެ ދެމީހުން އެކުގައި ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށުމުން އެކަކު އަނެކަކަށް ދަސްވެ ކަމުދާ ސިފަތަކާއި ކަމުނުދާ ސިފަތައް އެނގެން ފަށައެވެ.

ލޮތްބަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. އަދި ލޯބި އެމީހެއްގެ ހުންނަ ސިފަތާކާއި ވަރަށް ބޮޑަށް ގުޅި ލާމެހިގެންދެއެވެ. ކޮންމެ މީހަކުވެސް ގަބޫލު ކުރާގޮތުގައި އެމީހަކީ ރަނގަޅުމީހެކެވެ.

އެންމެ ކުރީންސުރެ އަޑު އިވެމުން އަންނަ ވާހަކައެއް އޮވެއެވެ. ލޮތްބަކުން އަދި ދިރިއެއް ނޫޅެވޭނެއެވެ. ދިރިއުޅުމަށް ލޯތްބާއެކު އެތައް ކަމެއް ބޭނުންވެއެވެ. އަދި ތިބާ އެންމެ ލޯބިވާ މިހާއަކީ ހަޔާތުގެ ބައިވެރިޔަކަށް ހަދަން އެންމެ ރަނގަޅު މީހާ ނޫން ކަމުގައި ވެދާނެއެވެ.

ތިބާ އެންމެ ލޯބިވާ މީހާ އަކީ މިކިޔައިދޭ ސިފަތަށް ހުރި މީހެއްކަމުގައި ވަނީނަމަ ކިތަންމެ ބޮަޑަށް ލޯބި ވީކަމުގައިވިޔަސް އެކުގައި އުޅުމަށް އެންމެ ރަނގަޅު ހޮވުމެއް ނޫނެވެ. ކޮންމެ މީހަކީ އުނި ސިފަތަކެއް ހުންނާނެ މީހެކެވެ. ނަމަވެސް މި ސިފަތައް ހުރި ނަމަ ހަޔާތުގެ ބައިވެރިއަކަށް ހެދުން ބުއްދިވެރިއެއް ނޫނެވެ.

ޝައްކު ކުރުން

ޝައްކު ބައްޔަކީ އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. ޝައްކު ކުރުމުގެ ސަބަބުން ދެމީހުންގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރައެވެ. އަދި އެއީ ބައިވެރިޔާގެ ހުރި ސިފައެއް ނަމަ އެކުގައި ނޫޅެވޭނެއެވެ. ޝައްކުގެ ސަބަބުން ދެމެދުގައި އޮންނަ އިތުބާރު ގެއްލި ގުޅުން ކެނޑި ދެމީހުން އެކުގައި އުޅެން އުނދަގޫވެއެވެ.

ބައިވެރިޔާއަށް ވުރެ ރައްޓެހިން މުހިންމުވުން

މިއީ ވަރަށް ގިނަ މީހުންގެ ހުންނަ ވަރަށް ކަމުނުދާ ސިފައެކެވެ. ހަޔާތުގެ ބައިވެރިއާ އަށް ވުރެ، ރައްޓެހިން މުހިންމު ވުމަކީ އެކުގައި ނޫޅެވޭނެ ކަމުގެ އިޝާރަތެކެވެ. ކޮންމެ ގޮތެއްވިޔަސް ތިމާގެ ބައިވެރިޔާ އަކީ ހަޔާތުގެ ހުރިހާ އަޑިގުޑަން ތަކެއްގައި ތިބާއާއެކު ހުންނަ ބައިވެރިޔާއެވެ. އެއީ ލޯބިން ތިބާ އުމުރަށް އުޅެން ހިޔާރު ކުރި ބައިވެރިޔާއެވެ. އެހެން ކަމުން ބައިވެރިޔާއަށް ވުރެ ހައްޓެހިން މުހިންމު ވުމަކީ ގިނަބަޔަކަށް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.

ޒުވާބު ކުރުން

ޒުވާބު ކުރުމަކީ ވަރަށް ހުތުރު ސިފައެއްވެސް މެއެވެ. ބައިވެރިޔާ އާއި ޒުވާބު ކުރުމަކީ އާދައަކަށް ހަދައިފި ނަމަ އެކުގައި ނޫޅެވޭނެއެވެ. ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ މަޝްވަރާ ކޮށްގެން ހައްލު ހޯދާށެވެ. ޒުވާބުކޮށް ލޮލަށް ބޮލަށް އަރައި ނުގަންނާށެވެ. ދެބަސްވެ ޒުވާބު ކުރާކަމެއް ދިމާވެއްޖެ ނަމަ އެހެން މީހަކު ނެތް ތަނެއްގައި ޒުވާބު ކުރާށެވެ. އެހެނީ އެންމެންގެ ކުރިމަތީ ޒުވާބު ކުރުމަކީ ތިބާ ބޭޒަރުވެ އަގުވެއްޓެ ކަމެކެވެ.

މި ކަންކަން ބައިވެރިޔާގެ ކިބައިގައި ހުރި ނަމަ އެކުގައި ނޫޅެވޭނެއެވެ. އެއީ ކިތަންމެ ލޯބިވި ކަމުގައިވިޔަސް ބުއްދި ވެރި ގޮތަކީ ދުރުވެލުމެވެ.

ދެމީހެއްގެ މެދުގައި ގުޅުމެއް ބިނާ ކުރެވޭނީ ލޮތްބާ އަޅާލުމާއި އިތުބާރާއި ވަރަށް ގިނަ ކަންތައް ތަކެއްގެ މައްޗަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔަަަަ ކަންކަމަކީ ދެމީހުން ވާހަކަ ދަަައްކާގެން ހައްލު ކުރެވިދާނެ ކަންކަމެވެ ހަޔާތުގެ ބައިވެރިއެއް ހުރުމުގެ ބޭނުމަކީ އެކަކު އަނެކަކުގެ ހުންނަ އެފަދަ ނޭދެވޭ ސިފަތައް އެކަކު އަނެކަކައް ކިޔައިދީ އެކަންކަން ރަންގަޅު ކުރުމައް އެހީތެރިވެދެއްވުމަށެވެ… ތިބާގެ ބައިވެރިޔާ އަކީ ތިބާއައް ނުފެންނަ ތިބާގެ އުނި ސިފަތައް ބެލުމައައް ތިބާގެ ކުރިމަތީ ހުންނަ ލޯގަންޑެއް ކަމުގައި ގަބޫލްކުރާށެވެ… ހަޔާތުގެ ބައިވެރިޔާ އަކީ ތިފަދަ އުނި ސިފަތައް ރަންގަޅުކޮއް ތިބާގެ ދިރިއުޅުން ފުރިހަމަ ކުރުމައް ހުރިހާ ކަމެއްގާވެސް އެހީތެރިވެދޭނެ މީހެކެވެ… މަތީގައި ތިޔަ ދެންނެވުނު ސިފަތަކަކީ ކޮއްމެ އިންސާނެއް ގެވެސް ކޮއްމެވެސް މިންވަރެއްގަ ހުންނާނެ ސިފަތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *