ޖާރމަނީގައި ރޭލެއް ދަނގަޑުން ކައްސާލައިގެން ހިނގި އެކްސިޑެންޓެއްގައި 3 މީހަކު މަރުވެއްޖެ

ޖާރމަނީގައި ރޭލެއް ދަނގަޑުން ކައްސާލައިގެން ހިނގި އެކްސިޑެންޓެއްގައި 3 މީހަކު މަރުވެއްޖެ

Author
ހުސެއިން
03 ޖޫން 2022 06:37
0

ޖާރމަނީގެ ދެކުނުގައި، ދަތުރު ކުރަމުންދިޔަ ރޭލެއް ދަނގަޑުން ކައްސާލައިގެން ހިނގި އެކްސިޑެންޓެއްގައި 3 މީހަކު މަރުވެއްޖެއެވެ.

ޕޮލިހުން ވިދާޅުވެފައިވާ ގޮތުގައި، ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓް ހިނގިއިރު މި ޓްރެއިން ދަތުރު ކުރަމުން ދިޔައީ، ޖާރމަނީގެ ބަވާރިއާގެ ގާމިޝް-ޕާޓެންކިޗެން އިން މިއުނިޗްއަށެވެ.

ގާމިޝް-ޕާޓެންކިޗެންގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، މި ސަރައްދުގައި މިހާރުދަނީ ބޮޑު އިމަރޖެންސީ ސާރވިސް އޮޕަރޭޝަންއެއް ފެށިގެން ކުރިޔަށް ދަމުންނެވެ.

ސޯޝަލް މީޑިއާއިން ފެންނާންހުރި ފޮޓޯތަކަށް ބަލާއިރު، ދެ ފަންގިފިލާއަށް ހުރި ރޭލުގެ ބައިތައްވަނީ ގަސްތަކުގެ ތެރެއަށް ފުރޮޅާލާފައެވެ. އަދި މީހުން ސަލާމަތް ކުރާ ފަރާތަކުން، ހަރުގަޑުތަކުގެ ބޭނުން ކޮށްގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ މަންޒަރުތައް ވަނީ ފެނިފައެވެ.

މިހަމަލާގައި 3 މީހުން މަރުވެ، 16 މީހަކަށްވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އަދި މީހަކަށް ދަނީ ފަރުވާ ދެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.