ހިކެން ބޭނުންނަމަ ކާން ރަނގަޅު ދެބާވަތް!

ހިކެން ބޭނުންނަމަ ކާން ރަނގަޅު ދެބާވަތް!

Author
ފާތިމަތު ނާވީ
04 ޖޫން 2022 04:23
0

ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އަހަރެމެން ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން މަސައްކަތްތަކެއް ކުރެއެވެ. ބައެއް މީހުން ޖިމްތަކާއި އެރޮބިކްސް ކުލާސްތަކަށް ދާއިރު އަނެއް ބަޔަކު ގޭގައި ބައެއް ކަސްރަތުތައް ކޮށްލައިގެން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މަސައްކަތްކުރެއެވެ.

އެހެންނަމަވެސް މާބޮޑަށް ފަލަވުމުން ހިކުން އޮންނަނީ ކޮންމެ މީހަކަށްވެސް އުނދަގޫކަމަކަށްވެފައެވެ. އެތައް ކަސްރަތަކާއި ކެއުމުގެ ވައްޓަފާޅިއަށް އެތަށް ބަދަލުތަކެއް ގެންނަ އިރުވެސް ހަށިގަނޑަށް ބަދަލެއް އަންނަހެން ހީނުވެ ހިތާމަކުރަންޖެހެއެވެ.

ޔުނިވަރސިޓީ އޮފް އެސްޓާން ފިންލެންޑު ވީޓީޓީ ޓެކްނިކަލް ރިސަރޗް ސެންޓަރ އަދި ޔުނިވަރސިޓީ އޮފް ހޮންގްކޮންގުން ހަދާފައިވާ ރިސާޗުތަކުން ދައްކާގޮތުގައި އޯޓްސް އަދި ރައި ބްރޭންގައި ވަރަށް ގިނައިން ޑައިޓްރީ ފައިބާ އެކުލެވިގެންވެއެވެ. މި ފައިބާގެ ސަބަބުން ބަނޑުގައި އުފެދޭ ފައިދާހުރި މައިކްރޯބްސް ގިނަވެއެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ ސަރުބީ ނައްތާލައި ހިކުމަށް ބޮޑު ބާރެއް ލިބިގެންދެއެވެ.

އޯޓްސް އަދި ރައި ބުރެން ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރެވެއެވެ. ޕޭން ކޭކު އަދި ސޫޕުގެ އިތުރުން ސުމޫތީވެސް ތައްޔާރުކުރެވެއެވެ. މުޅިދުވަހުގެ ކެއުމުގެ ތެރޭގައި މިދެބާވަތް ހިމަނައިފި ނަމަ ތިކުރާ ކަސްރަތުގެ އިތުރުން ހަށިގަނޑު ހިއްކާލުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.