ބާސެލޯނާ އިންތިހާބު ޖެނުއަރީ 24ގައި

ބާސެލޯނާ އިންތިހާބު ޖެނުއަރީ 24ގައި

Author
އިބްރާހީމް ސާޢިދު
14 ނޮވެމްބަރ 2020 08:40
0

ބާސެލޯނާގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް މީހަކު ހޮވުމަށް އަންނަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައިވާކަމަށް ބާސާއިން ހާމަކޮށްފިއެވެ.

ބާސެލޯނާގެ ރައީސްކަމުގެ މަޤާމުން އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓެމޮއު އާއެކު އެ ކުލަބުގެ ބޯޑު މެމްބަރުން އިސްތިއުފާދިނީ ނިމިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. ބާޓެމޮއު އިސްތިއުފާދިންއިރު އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ދިޔައީ ތައްޔާރުވަމުންނެވެ. އަދި އޭނާ އިސްތިއުފާދިނުމަށް އެދި އެތައް ސަޕޯޓަރުންނެއް ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް އެކްލަބަށް ހުށަހަޅާފައެވެ.

އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލުން ހަމައެކަނި ބާސާގެ ދަނޑު، ކޭމްޕް ނައުގައި ބޭއްވުމުގެ ބަދަލުގައި އެކި ތަންތަނުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެކުލަބުން ބުނެއެވެ.

މިއީ މިހާލަތުގައި ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށްވެސް އެކުލަބުން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.