ސިކުނޑީގެ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މެރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލައިފި

ސިކުނޑީގެ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މެރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލައިފި

Author
އިބްރާހީމް ސާޢިދު
14 ނޮވެމްބަރ 2020 08:36
0

ސިކުނޑީގެ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ޑިއޭގޯ މެރަޑޯނާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މެރަޑޯނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރީ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުންނެވެ. ކުރިން ހީކުރެވުނު ވަރަށްވުރެ ގިނަ ދުވަހު މެރަޑޯނާއަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހޮސްޕިޓަލުން ދޫކޮށްލުމުން މެރަޑޯނާ މިހާރުވަނީ އާޖެންޓިނާގެ ރިހެބަކަށް ގެންގޮސްފައެވެ. އެ ތަނުގައި ދުވަސްކޮޅެއްވަންދެން އޭނާ ފަރުވާ ހޯދާނެއެވެ.

މެރަޑޯނާގެ ޑޮކްޓަރާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެރަޑޯނާގެ ހާލު ރަނގަޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.