ނޭޕާލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފިއެވެ. ބަންގްބޮންދް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.
މި މެޗުގައި ބަންގްލަދޭޝްގެ ފުރަތަމަ ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބުކޮށްދިނީ، ޖިބޯންއެވެ. ދެވަނަ ލަނޑު ދެވަނަ ހާފު ތެރޭގައި ބަންގްލަދޭޝްއަށް ޖަހައިދިނީ، ސުފީލްއެވެ.
މިއީ ޖެނުއަރީ މަހު ބަންގްބަންދް ގޯލްޑް ކަޕުގެ ފަހުން ބަންގްލަދޭޝްގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ، ކޮވިޑާ ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތައް މެދު ކަނޑާލި ފަހުން ދެކުނު އޭޝިއާ ސަރަހައްދުގައި ކުޅެވުނު ފުރަތަމަ މެޗެވެ.
އިއްޔެގެ މިމެޗު ބެލުމަށް ތިރީސް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމަށް ވަންނަން ފުރުސަތު ދީފައިވަނީ އަށް ހާސް މީހުންނަށެވެ.
ބަންގްލަދޭޝްއާ ނޭޕާލްގެ އެކުވެރިކަމުގެ ދެވަނަ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ