ދެމަފިރިންގެ ދެމެދުގައި ހުންނަ އުމުރުގެ ތަފާތަކީ ހަމަ ބުނެލެވޭ ނަންބަރެއްގެ ގޮތުގައި ދެކޭ މީހުންގެ އިތުރުން، އުމުރުގެ ތަފާތަކީ ގުޅުމާއި އުޅުމަށް ބަދަލު ގެނުވާ ކަމެއްކަމަށް ދެކޭ މީހުންވެސް އުޅެއެވެ.
ގިނަ ފަހަރަށް އަހަރެމެން ކައިވެނި ކުރުމުގައި ބަލަނީ އަންހެން ކުއްޖާއަށްވުރެ 1 އަހަރު ނޫނީ 2 އަހަރުވަރު ދޮށީ ފިރިހެން ކުއްޖަކު އިހްތިޔާރު ކުރުމަށެވެ. އެކަމަކު ތަޤުދީރު ކޮންމެ މީހަކަށް އެ ފުރުސަތެއް ނުދެއެވެ.
ބައެއް ފަހަރަށް ދެމީހުންގެ ދެމެދުގައި 10 އަހަރު ނޫނީ އެއަށްވުރެވެސް ބޮޑު ތަފާތު ހުންނަ މީހުންނާއި ކައިވެނީގެ ގޮތުން ގުޅެވެއެވެ.
ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މާބޮޑު ތަފާތެއް ދެމީހުންގެ އުމުރުގައި ހުރުމަކީ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރުވާ ކަމެކެވެ.
އެހެން ނަމަވެސް އަންހެނާއަށްވުރެ ފިރިހެނެއްގެ އުމުރު ބޮޑުތަނުން ތަފާތު، ދޮށީ މީހަކު ތިމާގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިހުތިޔާރުކުރުމަކީ ވަރަށް ގިނަ ފައިދާތަކެއްވެސް ކުރުވާ ކަމެކެވެ.
- މިފަދަ ގުޅުމެއްގައި ފިރިމީހާ ވެގެންދާނީ ވަރަށް ޒިންމާދާރު މީހަކަށެވެ. ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންތައްތަކުގެ ސަބަބުން ހަޔާތުގެ އުފާވެރިކަމަށް ލޮޅުމެއް އެރިޔަކަ ނުދޭނެއެވެ. ދިމާވެގެން އުޅޭ މައްސަލައަކާ ބެހޭގޮތުން އަނބިމީހާއަށް ވިސްނާދިނުމަށް، ދިރިއުޅުމުން އޭނާ ހޯދި ތަޖުރިބާ ހިއްސާކުރާނެއެވެ. އަދި މިފަދަ މީހުންގެ ހާއްސަ އެއްކަމަކީ ހައިރާން ވާފަދަ ދަރަޖައަކަށް އަނބިމީހާއާއި ގުޅުންހުރި ކުދިކުދި ކަންތަކުން ފެށިގެންގޮސް ބޮޑެތި ކަންތައްތައްވެސް ހަނދާން ބަހައްޓާނެއެވެ.
- އަނބިމީހާ އުޅޭ ނޫޅޭގޮތް ގާތުން ބަލާ އަބަދުވެސް އަނބިމީހާއާއި އެކު ހޭދަކޮއްލަން ލިބޭނެ ވަގުތެއްގެ އިންތިޒާރު ކުރާނެއެވެ. ދުވާލުގެ މަސައްކަތާއި ބައްދަލުވާ މީހުންނާއި އެހެނިހެން ކަންތަށްތަށްވެސް ވަރަށް ގާތުން ބަލާނެއެވެ. ބައެއް ފަހަރަށް މިކަމުގެ ސަބަބުން އަނބިމީހާއަށް އުދަނގޫވާ ފަހަރުވެސް އާދެއެވެ. އެކަމަކު ފިރިމީހާގެ ނިޔަތަކީ އެއީ އެއް ނޫނެވެ. އޭނާ ބޭނުންވަނީ އަބަދުވެސް އަނބިމީހާއާ އެންމެ ގާތުގައި ހުންނަ މީހަކަށް އޭނާ ވާށެވެ.
- މިފަދަ ފިރިން އަނބިމީހާއާއެކު ބާއްވާ ޖިސްމާނީ ގުޅުމަކީ އަނބިމީހާ މާޔޫސް ނުވާނެ ފަދަ ގުޅުމަކަށް ހެދުމަށް ވަރަށް މަސައްކަތްކުރާނެއެވެ. އަދި އެކަން ކާމިޔާބުވެސް ކުރާނެއެވެ. ޖިންސި ގުޅުމުގެ ތެރެއިން ނޫނީ އަނބިމީހާގެ ހަށިގަނޑާ ގުޅިގެން ވިޔަސް އެއްވެސް ވާހަކައެއް ދެއްކުމަށް ޖެހިލުމެއް ނުވާނެއެވެ. އެފަދަ ވާހަކަތައް އެހެން ދެއްކުމުން އަނބިމީހާއަށް ހާއްސަ އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބެއެވެ.
- ލޯބި ވާކަން ތިމާއަށް ދައްކައި، ފާޅުކުރާކަށް ފަހެއް ނުޖެހޭނެއެވެ. މިއީ ދެމަފިރިންގެ ދޭތެރޭގައި ލޯބި އާލާކޮށް ދެމެހެއްޓުމަށް ވަރަށް މުހިއްމު ކަމެކެވެ. އަބަދުވެސް ތިމާއާއެކު ހުރިކަން ވިސްނައިދީ ދިރިއުޅުމުގައި މުހިއްމު މީހެއްކަން ވިސްނައިދޭނެއެވެ.
- ތިމާއަށް ހެދޭ ގޯސްތައް ޤަބޫލުކުރާނެއެވެ. ގޯހެއް ހެދިއްޖެ ނަމަ އަވަހަށް އެކަމެއް ޤަބޫލުކޮށް ގޯސްހެދުނީތީ އަނބިމީހާގެ ފަރާތުން މާއާފަށް އެދޭނެއެވެ. ކަންކަމުން ބޯދަމައިގަނެ އަނެކާގެ ބޮލަށް ޖަހާ އަނބިމީހާ ކުއްވެރިކުރުންފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ނުކުރާނެއެވެ.
މިފަދަ ސަބަބުތަކާއެކު އުމުރުން ދޮށީމީހަކު އިހުތިޔާރު ކުރުކުރުމަށް އަންހެނުން ފަސްޖެހެންވީ ސަބަބެއް ނެތެވެ. ވާނެ ގެއްލުމަށްވުރެ ގިނައީ ފައިދާއެވެ. ޔަގީނުންވެސް ބޭނުންވާފަދަ ދިރިއުޅުމެއް ލިބޭނެއެވެ.
One Response
ޔަޤީނޭ މިގޮލާ ދޮށީ މީހަކާ އިންނަންވެގެން ގޯތި މީހުންނަށް ވިސްނައިދޭން ލިޔެފަ އި އޮތް އެއްޗެއްމީ..