ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭކޮށް، ގެއްލުންދިން މީހާ ދޫކޮށްލައިފި

ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭކޮށް، ގެއްލުންދިން މީހާ ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
21 މެއި 2022 09:02
0

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް، ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ މިއަދު ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ބަންދުން ދޫކޮށްލިޔަސް، އެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. އޭނާ ދޫކޮށްލީ ކުރިން ދިން މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.