ޖަޕާނުގެ އެއިސުކީ މޯރީ ސަސްއަށް

ޖަޕާނުގެ އެއިސުކީ މޯރީ ސަސްއަށް

Author
އިބްރާހީމް ސާޢިދު
13 ނޮވެމްބަރ 2020 07:01
0

ޖޭޖޭ ސްޕޯޓްސް ކްލަބަށް 2018 ވަނަ އަހަރު ކުޅުނު ޖަޕާނުގެ އެއިސުކީ މޯރީ ފުރަތަމަ ޑިވިޝަނުގައި މި އަހަރު އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ގުޅިއްޖެ އެވެ.

ރާއްޖޭގެ އިތުރުން އެއިސުކީ ވަނީ ލާއޯސްގެ ލާއޯ ޓޮޔޯޓާ އެފްސީ އާއި މޮންގޯލިއާގެ އެތުލެޓިކް 220 އެފްސީ އަށް ކުޅެފަ އެވެ. އެއިސުކީ އެންމެ ފަހުން ކުޅުނީ އަރްމީނިއާގެ ފުރަތަމަ ޑިވިޝަނުގެ ޓޮޕްރެޑޯ ޔެރެވަން އަށެވެ.  ޖޭޖޭ އަށް ދެ ވަނަ ޑިވިޝަނުގައި 2018 ވަނަ އަހަރު ކުޅެ އެޓީމު މުބާރާތުގެ ފައިނަލަށް ގެންގޮސްދިނުމުގައި އެއިސުކީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެއިސުކީ އަކީ އެޓީމަށް ގެނައި ބިދޭސީ ފުރަތަމަ ކުޅުންތެރިޔާ އެވެ.

އަންނަ މަހު 13 ފަށުމަށް ހަމަޖިހިފަވާ ލީގުގެ ސަސްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އީގަލްސްއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.