ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ސަބަބުން އިތުރުވަނީ ނުރުހުންކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީށް ޔާމިން ގެންދަވަނީ އިނގިރޭސި ބަހުން އިންޑިގެ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމާއި ދެކޮޅަށް ޓްވީޓް ކުރައްވަމުންނެވެ. މިގޮތުން އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމިން އިސްވެ ހުންނަވައިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ރޭ ކުރިއަށް ގެންދިޔަ އިހްތިޖާޖު ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަނީ ރުޅާލާފައެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނިވާރިކޮށް ސަރުކާރުން ކަންކަން ކޮންޓްރޯލްކޔރަނީ މީގެ ކުރިން ދުވަހަކުވެސް ބޭނުންނުކުރާހާ މިންވަރަށްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ހިމާޔަތުގައި އެ ޤައުމުގެ ފުލުހުންނާއި ސިފައިން ކުރަންވީ މަސައްކަތުގައި، ބައެއް ދިވެހި ފުލުހުން އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އުފުލާ އަޑު ނައްތައިލުމުގެ އަޒުމުގައިކަމަށެވެ.
Such repressive control is hitherto unseen.The surrogate forces r hellbent on muffling our voices against the hostile lndian military presence. The raving Hegemon’s desperation 2 subdue its critics breeds more contempt.The vassal is survived by his Gestapo.
— Abdulla Yameen (@prz_ymn) May 19, 2022
ރައީސް ޔާމީން ވިދާލުވީ އިންޑިއާއިން މިސަރަހައްދަށް ނުފޫޒް ފޯރުވުމަށް ކުރާ މަސައްކަތުގައި އިންޑިއާއަށް ފަޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވަލުމަށް ގޮތް ހުސްވެގެން އުޅޭ އުޅުމުގެ ސަބަބުން އެޤައުމާއި މެދު އުފެދޭ ނަފްރަތު އިތުރުވަމުން އަންނަކަަމަށެވެ.
ރައީސް ޔާމީން އަންނަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚައްޞަކޮށް އިންޑިއާއެކު ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވެއެވެ. އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ވަނީ ރިޔާސީ ޤަރާރެއްވެސް ނެރެފައެވެ. އެ ޤަރާރުގައި ވަނީ ކަމާގުޅުންހުރި އިދާރާތަކަށް އެ ހަރަކާތް ހުއްޓުވުމަށް ޢަމުރުކޮށްފައެވެ.