ހަށިގަނޑަށް އަރާމެއް ބޭނުންނަމަ…!

ހަށިގަނޑަށް އަރާމެއް ބޭނުންނަމަ…!

Author
ފާތިމަތު ނާވީ
19 މެއި 2022 10:00
0

ބުރަ ދުވަހެއް ނިންމާލުމަށްފަހު ކޮންމެ މީހަކުވެސް ބޭނުންވަނީ ހަށިގަނޑަށް އަރާމެއް ހޯދުމަށެވެ. އެކަމަކު ހަށިގަނޑަށް އަރާމެއް ލިބެނީ ހިތާއި ސިކުނޑިއަށް ހަމަޖެހުން ލިބިގެންކަން ވަރަށް ގިނަ ފަހަރަށް ހަދާނުން ކައްސާލައެވެ.

މިހަމަޖެހުން ހޯދުމަށްޓަކައި ދިރިއުޅުމާއި ގުޅިފައިވާ ގުޅުންތަށް ވަރުގަދަކުރަން ޖެހެއެވެ. ހާއްސަކޮށް ތިމާގެ ބައިވެރިޔާއާއި ގުޅުން ކުޑަވިޔަ ނުދީ ދަމަހައްޓަން ޖެހެއެވެ. މިކަން ކުރުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ.

އޭގެތެރެއިންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ހުންނާނެއެވެ. ތިމާގެ ބައިވެރިޔާއާއި ވާހަކަ ދެއްކުމަށްޓަކައި ރަގަނޅު ވަގުތެއްގެ އިންތިޒާރުގައި ނުހުންނާށެވެ. ދެމީހުން ދިމާވުމުން ކޮންމެވެސް މައުލޫއަކަން ވާހަކަ ފައްޓާށެވެ. އާއްމު ދިރިއުޅުމުގެ ވާހަކަދައްކަން ބޭނުންނުވާނަމަ ހިނި އަންނަފަދަ ވާހަކައެއް ހިއްސާކޮށް ދެމީހުން އެކީ އުފާކުރާށެވެ.

  • ދެމަފިރިން އެކުގައި އަވަހަށް ނިދަން އާދަކުރާށެވެ. އެހެނީ ޖެހިގެން އަންނަ ދުވަހު ދެމީހުންވެސް އެކުގައި ތެދުވެ ހިތްހަމަޖެހޭ ވާހަކަތަކަކާއެކު ހެދުނުގެ ނާސްތާއަށް ފަހު ދުވަސްފެށުމަކީ ގުޅުން ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ. ހެދުނުގެ އެވަގުތުކޮޅަށްޓަކައި ރޭގަނޑު އަވަހަށް ނިދުން މުހިއްމެވެ.
  • އޮފީސް ނޫނީ ވަޒީފާގެ މާހައުލުގައި ދިމާވާ ހިތް ނުތަނަވަސްވުންތައް ގެއަށް ގެނެސް އޭގެ ނޭދެވޭ އަސަރު ގުޅުމަށް ނުގެންނާށެވެ. އެ މާހައުލުގައި ދިމާވާ ކަމަކާ ގުޅިގެން ބައިވެރިޔާއާއި ހިއްސާކޮށްލުން އެންމެ ރަނގަޅެވެ. އެހެން ނަމަވެސް އެހެން މީހަކަށް އޮންނަ ރުޅިވެރިކަން ގޭގައި ތިބި ކަމާ ނުގުޅޭ މީހުނަށް ބޭލުމުގެ ފައިދާއެއްނެތެވެ.
  • އަބަދުވެސް ދެމީހުންގެ ހުވަފެންތަކާއި ލަނޑުދަނޑިތަކާއި ބެހޭގޮތުން ވާހަކަ ދައްކާށެވެ. އަދި އެކަންކަން ހާސިލްވަމުންދާވަރު ބަލާ ފާހަގަކުރާށެވެ.

ކިޔަމުންދާއިރު މިއީ ވަރަށް އާދައިގެ ކަންކަން ކަމުގައި ހީވެދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް އޭގެ ޒާތުގައި ކުޑަ، ނަމަވެސް ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނުވާނެ ކަންކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.