ބައިވެރިޔާއާއެކު ވަގުތު ހޭދަކުރަން ބުނުމުން ބިޒީއޭ ބުނޭ ހެއްޔެވެ؟ އަދި އެކުގައި ހަދާ ޕްލޭންތައް ކެންސަލް ކުރޭ ހެއްޔެވެ؟ މި ކިޔައި ދެނީ ބައިވެރިޔާއަށް ތިޔަކީ ބެކަޕް އޮޕްޝަނެއް ކަމަށް ވާނަމަ އޭނާގެ ކިބައިން ފެނިދާނެ ކަންތަކެވެ.
ތިމާ މީހަކާ ހެދި އުޅޭ ނަމަވެސް އެމީހަކު ތިމާއަށް ދޭންޖެހޭވަރަށް ވަގުތު ނުދޭހެން ނުވަތަ އަޅައި ނުލެވޭހެން ހީވާނަމަ ތިމާއަކީ އެމީހަކަށް ބެކަޕް އޮޕްޝަނެއް ކަމަށް ވެދާނެއެވެ.
ދެވަނަ ކަމަކީ ތިމާއަކީ އެމީހަކަށް މުހިންމު މީހެއްނަމަ އާއިލާގެ މީހުން އަދި ރައްޓެހިންނަށް ތަޢާރަފު ކޮށްދޭނެއެވެ. ނަމަވެސް އެމީހުންނަކީ ކާކު، ކޮންބައެއްކަންވެސް ނޭނގޭ ނަމަ ތިޔަކީ ބެކްއަޕް އޮޕްޝަނަކަށް ވެދާނެއެވެ.
ގުޅާއިރު އަދި މެސްޖުކުރާއިރު ނުވަތަ މީޓް ވާއިރުވެސް ބިޒީކަމަށް ބުނަންޔާ އެއީ އެމީހަކަށް ތިމާ އެހާމުހިންމު ނޫނީއެވެ. ދުވަހަކުވެސް ބޭނުންވާއިރު ނުވަތަ ޕްލޭނެއް ހެދުމުން ފަހުވަގުތު ބަހަނާ ދައްކާ ނަމަވެސް އެއީ އެކަމުގެ އިޝާރާތެކެވެ.
ދުވަހަކުވެސް ތިމާއާއެކު ކުރިއަށް އޮތްތާގައި ކުރާނެ ކަންކަމާމެދު ވާހަކަ ނުދައްކައި، ފިއުޗާއާ ބެހޭގޮތުން ވާހަކަ ދައްކަން ފޫހިވަނީނަމަވެސް ބެކަޕް އޮޕްޝަނަކަށް ތިމާ ބަލަނީ ކަމުގައި ވެދާނެއެވެ.
މި ފަދަ ކަންކަން ފާހަގަ ވާނަމަ ސުވާލު ކުރާށެވެ. ހަގީގަތް ބުނެދިނުމަށް އެދި އެކަމުގެ ޖަވާބު ހޯދާށެވެ. ނުވަތަ މި ފަދަ ކަންކަން ހިނގާނަމަ އެފަދަ ބައިވެރިޔާއާ ދުރުވުން ރަނގަޅުވާނެއެވެ.
ކޮމެންޓު ފޮނުވާ