ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުނަށް މި ކަސްރަތުތައް މުހިންމު!

ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުނަށް މި ކަސްރަތުތައް މުހިންމު!

Author
ފާތިމަތު ނާވީ
18 މެއި 2022 08:04
0

ޔޯގާ އަކީ ސިއްހީ ގޮތުން އެތައް ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ކަސްރަތެކެވެ. ޔޯގާ މާސްޓަރެއް ކަމަށްވާ އަކްޝަރު ބުނާ ގޮތުގައި ބައެއް ޔޯގާ ޕޯސްތަކުގެ ސަބަބުން ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށްވެސް ބޮޑެތި ލުއިތަށް ލިބެއެވެ.

މިއަދު މިބަލާލަކީ އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ނޫނީ އެފަދަ ބަލިތައް ހުންނަ މީހުންނަށްވެސް ލުއިވާނެ ބައެއް ޔޯގާ ޕޯސްތައް ކަމުގައި އަކްޝަރު ބުނެދީފައިވާ ބައެއް ޕޯސްތަކަށެވެ.

  • ދެފައި ވައްކޮށްގެން ބުރަކަށި ތެދުވާނެހެން އިށީނދެލާށެވެ. އެއަށްފަހު ލޯމާރާލައިގެން އިނދެ ބޭރަށް އަދި އެތެރެއަށް ނޭވާ ލަމުން ގެންދާށެވެ. ނޭވާ ހިފަހައްޓާލުމަށްފަހު 5 ސިކުންތު މަޑުކޮއްލާށެވެ. އަދި ނޭވާ ބޭރަށް ދޫކޮއްލުމުގައިވެސް 5 ސިކުންތު ހޭދަކުރަންވާނެއެވެ.

  • ހަށިގަނޑު ރީތިކޮށް ދަމާލައިގެން ބަނޑުވަތަށް އޮށޯންނާށެވެ. ފައިގެ ދެ ބޮޑުވައި އިނގިލި ޖެހޭނެހެން ފައި ކައިރިކޮށްލާށެވެ. ދެން ކޮނޑާ އެއްހަމައެއްގައި އަތް ޖައްސާލުމަށްފަހު އަތް ރީތިކޮށް ދަމާލެވޭވަރަށް ހަށިގަނޑު ހިއްލާލާށެވެ.

  • އެއްފަރާތަކަށް ވާގޮތަށް އޮށޯވެލާށެވެ. އެއް ފައި މައްޗަށް އަނެއްފައި ވާގޮތަށް ބާއްވާށެވެ. އެއް އަތް ވިއްދާލުމަށްފަހު އަތް ރަގަނޅަށް ދަމާލެވޭ ވަރަށް އެއް އަތްމައްޗަށް ތެދުވާށެވެ. އަނެއް އަތް މައްޗަށް ދަމާލައި އިގިލިތައް ހުޅުވާލާށެވެ. ހަށިގަނޑު ހުންނަންވާނީ އެއް އަރިއަކަށް ރީތިކޮށް ދަމާލެވިފައެވެ. މިގޮތަށް ދެއަރިއަށްވެސް ތަކުރާކުކުރަން ވާނެއެވެ.

  • ކުޑަކަކޫ މައްޗަށް އިށީންނާށެވެ. ދެއަތުން ފުންނާބުގައި ހިފާލާށެވެ. އަތް ރަގަނޅަށް ދެމޭވަރަށް ހަށިގަނޑު ހިއްލާލާށެވެ. ދެން ފަޔާ ދިމާއަށް ހަށިގަނޑަށް ވާން ވާވަރަށް ބޯ އަރިކޮށްލާށެވެ.

މިއިން ކޮންމެ ޔޯގާ ސެޓެއްގައިވެސް އެންމެ މަދުވެގެން 2 މިނިޓް މަޑުކުރަންވާނެއެވެ. އަދި ބްރޭކް ނަގަމުން 3 ނޫނީ 4 ސެޓު ހަދަންވާނެއެވެ. މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށް އާންމުކޮށް އަންހެނުންނަށް ދިމާވާ ބުރެސްޓް ކެންސަރުން ރައްކާތެރިވުމަށްވެސް އެހީތެރިވާނެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.