ޝެއިޚް މުހައްމަދު ބިން އަލް ޒައިދު ޔޫއޭއީގެ ރައީސްކަމަށް އައްޔަން ކޮށްފި

ޝެއިޚް މުހައްމަދު ބިން އަލް ޒައިދު ޔޫއޭއީގެ ރައީސްކަމަށް އައްޔަން ކޮށްފި

ގުޅުންހުރި

ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ މިހަފްތާގެ ހުކުރު ދުވަހު އަވަހާރަ ވުމާއި ގުޅިގެން އެގައުމުގެ ރައީސްކަމަށް، ދިގުމުއްދަތެއް ވަންދެން ގައުމުގެ ހިންގުމާއިހަވާލުވެ ހުންނެވި، ޝެއިޚް މުހައްމަދު ބިން އަލް ޒައިދު ޔޫއޭއީގެ ރައީސްކަމަށް އައްޔަން ކޮށްފިއެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާ ވީއޭއެމްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައިޝެއިޚް މުހައްމަދު ބިން އަލް ޒައިދު ޔޫއޭއީގެ ރައީސްކަމަށް އައްޔަން ކޮށްފައިވަނީ އެގައުމުގެ ފެޑެރަލް ސުޕްރީމް ކައިންސިލް އިންނެވެ.

ޝެއިޚް މުހައްމަދު ބިން އަލް ޒައިދުގެ އެއްބަފާ ބޭބޭފުޅު ޝެއިޚް ޚަލީފާ ދިގުމިއްދަތެއްވަންދެން އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައި ގަތުމާއި ގުޅިގެން ގައުމު ހިންގެވުމާއި ހަވާލުވެ ހުންނެވީ ޝެއިޚް މުހައްމަދު ބިން އަލް ޒައިދުއެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ޚަލިފާ ބިން ޒައިދު އަވަހާރަވެފައި ވަނީ އުމުރުފުޅުން 73 އަހަރުގައެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމުގެ ހިތާމާގައި، މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއަރޒްއިންވަނީ، ހުކުރު ދުވަހުން ފެށިގެން، 40 ދުވަހު ހިތާމަ ފާޅު ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ސަރުކާރު އޮފީސްތަކާއި އަމިއްލަ ތަންތަންވެސް 3 ވަސް ވަންދެން ބަންދު ކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ދިދަތައް ބައި ދަނޑިއަށް ތިރި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޝައިޚް ޚަލިފާ ބިން ޒައިދު ޔޫއޭއީގެ ރައީސްކަމާއި، އަބޫދާބީގެ ވެރިޔާގެ މަގާމް އަދާކުރަމުން އަންނަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހުން ފެށިގެންނެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން، އެކަމުގެ ހިތާމާގައި، ދިވެހި ދިދަވެސް 3 ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ