ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު ފަސްތާނު ލައިފި

ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު ފަސްތާނު ލައިފި

ގުޅުންހުރި

މިހަފްތާގެ ހުކުރު ދުވަހު އަވަހާރަވި، ޔޫއޭއީގެ ރައީސް ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާން، އަބޫ ދާބީގެ އަލް-ބަތީން ގަބުރުސްތާނުގައި ފަސްތާނު ލައިފިއެވެ.

ޝައިޚް ޙަލީފާ ބިން ޒައިދު ފަސްތާނު ލުމުގެ ކުރިން، އަބޫ ދާބީގެ ވަލީ އަހުދު، ޕްރިންސް ޝައުޚް މުހައްމަދު ބިން ޒައިދު އަލް ނަހުޔާންއާއި، އާއިލާގެ ބޭފުޅުން ހިމެނޭގޮތަށް، ވަނީ އަބޫ ދާބީގައި ހުންނަ ޝެއިޚް ސުލްތާން ބިން ޒައިދު ޒައިދު މިސްކިތުގައި ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާންގެ ކަށުނަމާދު ކޮށްފައެވެ.

އަދި އެއަށްފަހު ޝެއިޚް މުހައްދުގެ އިތުރުން އެހެން ބޭފުޅުންވެސް ވަނީ ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާންގެ ހަށިކޮޅާއެކީ ގަބުރުސްތާނަށް ވަޑައިގެންފައެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާން އަވަހާރަ ވުމާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގެ ވެރީންވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ސައުދީ ރަސްގެފާނު ވަނީ، އަގައުމުގައި ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާންގެ މައްޗަށް އައިބުގައި ކަށުނަމާދު ކުރުމަށްވެސް އަންގަވާފައެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ޚަލިފާ ބިން ޒައިދު އަވަހާރަވެފައި ވަނީ އުމުރުފުޅުން 73 އަހަރުގައެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމުގެ ހިތާމާގައި، މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއަރޒްއިންވަނީ، ހުކުރު ދުވަހުން ފެށިގެން، 40 ދުވަހު ހިތާމަ ފާޅު ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ސަރުކާރު އޮފީސްތަކާއި އަމިއްލަ ތަންތަންވެސް 3 ވަސް ވަންދެން ބަންދު ކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ދިދަތައް ބައި ދަނޑިއަށް ތިރި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޝައިޚް ޚަލިފާ ބިން ޒައިދު ޔޫއޭއީގެ ރައީސްކަމާއި، އަބޫދާބީގެ ވެރިޔާގެ މަގާމް އަދާކުރަމުން އަންނަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހުން ފެށިގެންނެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން، އެކަމުގެ ހިތާމާގައި، ދިވެހި ދިދަވެސް 3 ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ