ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަޔަލޭންޑްގެ މައްޗަށް އިންގްލޭންޑް ކުރި ހޯދައިފިއެވެ.
އިނގިރޭސިވިލާތުގެ ވެންބްލީގައި ކުޅުނު މެޗު އިންގްލޭންޑް ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މެޗުގައި އިންގްލޭންޑް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ މެގުއެރީ ޖޯޑަން ސަންޗޯ އިތުރުން ޑޮމިނިކް ކުލައިވަޓް ލެވިންއެވެ. ޖޯޑަން ސަންޗޯ ވެފައިވަނީ 1999 ވަނަ އަހަރުފަހުން އިނގިރޭސިވިލާތުން ބޭރުގައި ކުޅޭ ކުޅެންތެރިޔަކު ވެންބްލީގައި ގައުމީ ޓީމަށް ލަނޑުޖަހައިދިން ފުރަތަމަ ފަހަރަށެވެ. ރޭގައި ކުލައިވެޓް ލެވިންޖެހި ލަނޑާއެކު އޭނާ މިސީޒަންގައި ކާމިޔާބުކުރި ލަނޑުގެ އަދަދުވަނީ 13 އަށް އަރާފައެވެ.
މިމެޗުގައި އިނގިރޭސި ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރާ ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ޖާޒީގައި ސީނިއަރ ޓީމަށް ކުޅެފައެވެ. މިއީ 1985 ވަނަ އަހަރުފަހުން އަޔަލޭންޑްމައްޗަށް އިނގިރޭސިންނަށް ހޯދުނު ފުރަތަމަ މޮޅެވެ. ވޭތުވެދިޔަ 25 އަހަރުތެރޭގައި މި ދެޓީމުވާދަ ކުރި 6 ކުރިމަތިލުންވެސް ނިމުނީ އެއްވަރުވެގެންނެވެ.
ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު ވޭލްސް އެމެރިކާ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު އިރާނުން ވަނީ ބޮސްނިޔާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ސީރިޔާއިން ވަނީ އުޒްބްކިސްތާން މައްޗަސް ކުރި ހޯދާފައެވެ.