މި އަހަރުގެ އެންމެ ހިނގާނެ 4 ޑައިޓް!

މި އަހަރުގެ އެންމެ ހިނގާނެ 4 ޑައިޓް!

Author
ފާތިމަތު ނާވީ
15 މެއި 2022 08:46
0

މި ކިޔައިދެނީ އިމިއުންސިސްޓަމަށް ބޭނުންވާ ނިއުޓްރިޝަން އެކުލެވޭ އަދި ބަރުދަން ލުއިކުރުމަށް އެންމެ މޮޅު ޑައިޓުތަކެކެވެ.

ކަމުގެ މާހިރު ބުނާ ގޮތުގައި މިއީ މި އަހަރު އެންމެ ހިނގާނެ ހަތަރު ޑައިޓް ވެސް މެއެވެ.

  • ކީޓޯ ޑައިޓް

ކީޓޯ ޑައިޓުގައި ގިނައިން ކާނީ ޕުރޮޓީން އަދި ފެޓްސް އެކުލެވޭ މާއްދާތައްކަމަށްވާ އެވަކާޑޯ، އަލްމަންޑްސް އަދި ކާއްޓެވެ.

  • ފްލެކްސިޓޭރިއަން ޑައިޓް

މި ޑައިޓުގައި ބޭނުންކުރާނީ ހަމައެކަނި ބަދަން ފަދަ ބާވަތްތަކެވެ. އޭގެ ތެރޭގައި ބަރަބޯ އޮށާއި ޕީސް އާއި އަލްމަންޑު ފަދަ ތަކެއްޗެވެ. އަދި މި ޑައިޓުގައި އެއްވެސް ވަރަކަށް މަހުގެ ބާވަތެއް ބޭނުންނުކުރާށެވެ.

  • އިންޓާމިޓެން ފާސްޓިން

މި ޑައިޓު ކުރާނީ ދުވަހުގެ 8 ގަޑިއިރު ކެއުމަށްފަހު ބާކީއޮތް 16 ގަޑިއިރު ނުކައި ރޯދައަށް ހުންނަހެން ހުންނާނީއެވެ. މި ޑައިޓުގައި 8 ގަޑިއިރުގެ ތެރޭގައި ކޮންމެ ބާވަތެއްގެ ކާނާއެއް ކެވިދާނެއެވެ.

  • ޑޭޝް ޑައިޓް

ޑޭޝް ޑައިޓަކީ ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިއުން ކޮންޓުރޯލްކުރާ ޑައިޓެކެވެ. މި ޑައިޓުގައި ކާނީ އާންމުކޮށް ކާ ފައިދާހުރި ކާނާއެވެ. އޭގެ ތެރޭގައި ތަރުކާރީއާއި މޭވާއާއި މަހުގެ ބާވަތްތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.