ފަހަތުން އަރައި ދެލަނޑުޖަހާ އައިސްލޭންޑް ރޮއްވާލުމަށްފަހު ހަންގޭރީ ޔޫރޯއަށް

ފަހަތުން އަރައި ދެލަނޑުޖަހާ އައިސްލޭންޑް ރޮއްވާލުމަށްފަހު ހަންގޭރީ ޔޫރޯއަށް

Author
އިބްރާހީމް ސާޢިދު
13 ނޮވެމްބަރ 2020 10:05
0

ޔުރޯ ކޮލިފައިން ޕްލޭއޯފްގައި އައިސްލޭންޑް މައްޗަށް ކުރިހޯދާ މުބާރާތުން ޖާގަ ހަންގޭރީ ހޯދައިފިއެވެ.

ކޮލިފައިން ޕްލޭއޯފް އައިސްލޭންޑް މައްޗަށް ހަންގެރީ ކުރި ހޯދީ 2-1 ލަނޑުން. މެޗުގެ 11 ވަނަ މިނުޓުގައި އައިސްލޭންޑްގެ ސިގާޑްސަން ލަނޑެއް ޖަހާ މޮޅުވާން ދަނިކޮށް ހަންގޭރީން ނަތީޖާ ހަމަހަމަކުރީ މެޗުގެ ކުޅުން ހަމަވާން ދެމިނިޓަށް ވެފައިވަނިކޮށް ލޮއިން ނެގޯއެވެ. މެޗުން ހަންގޭރީ މޮޅުވި ލަނޑު މެޗުގެ އުތުރު ވަގުތުރޭގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޯބޯސްލައީއެވެ.

ހަންގޭރީން ވަނީ އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައިގައި ބެލްޖިއަމް ބަލިކޮށްފައެވެ. މުބާރާތުގައި ހަންގޭރީ ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް، ފްރާންސް އަދި ޖަރުމަނާ އެއްގުރޫޕެއްގައިއެވެ މުބާރާތުގައި ކުޅުމަށް ހަމަޖެހިފަވާ 12 ސިޓީގެ ތެރެއިން މި ގުރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފަވަނީ ހަންގޭރީގެ ބުޑަޕެސްޓަގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.